ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރާއި އާނަންދު އަހޫޖާ އަށް ފިރެހެން ކުއްޖެއް ލިބިއްޖެއެވެ.
އެގޮތުން އޮގަސްޓް 20 ވަނަ ދުވަހު ސޯނަމް އަށް ފިރެހެން ކުއްޖެއް ލިބިފައިވާކަން ސޯނަމްގެ އާއިލާއާއި ރައްޓެހިން އިންސްޓަރ ގްރާމް މެދުވެރިކޮށް ވަނީ ކަށަވަރު ކޮށްދީފައެވެ.
2018 ވަނަ އަހަރުގައި ކައިވެނި ކުރި ސޯނަމް އާއި ފިރިމީހާ އާނަންދު އަހޫޖާއަށް އަލަތު ދަރިއެއް ލިބެން އުޅޭ ކަން އިއުލާން ކޮށްފައިވަނީ މާރޗު 21 ވަނަ ދުވަހުއެވެ. މާބަނޑުވުމުން އުފާވެރި ކަމާއި އާއިލާ ފުރިހަމަ ވެފައިވާ ކަމަށް ސޯނަމް ވަނީ ހާމަކޮށްފައެވެ.
ސޯނަމް އަށް ދަރިއަކު ލިބުމާއި ގުޅިގެން ބޮލީވުޑްގެ ގިނަ ފަންނާނުންއާއި ސަޕޯޓަރުން އަންނަނީ މަރުޙަބާ ކިޔަމުންނެވެ. އަދި އަނިލް ކަޕޫރު އަށް ކުއްޖާ ކިޔާނީ ކާފަ ތޯ ވެސް ގިނަ ސަޕޯޓަރުން އަންނަނީ ސުވާލު ކުރަމުންނެވެ.