ބަނޑުގައި ހުންނަ މަސްތަކީ ކޮންމެ މީހެއް ވެސް ވިރުވާލަން ބޭނުންވާ އެއްޗެކެވެ. ކޮންމެޔަކަސް ދިވެހިންގެ ކެޔުމުގެ އާދަ އޮންނަ ގޮތުން ބަނޑެއް ލުމަކީ އާއްމު ކަމެކެވެ.
ގިނަ މީހުން ދެކޭ ގޮތުގައި ބަނޑެއް ލައިފައި ހުރުމަކީ ހަށިގަނޑުގެ ރީތިކަން ގެއްލުވާލާ ކަމެކެވެ. ބަނޑު ހިންދުމަށް އެކި މީހުން ކަންތައް ކުރަނީ އެކި ގޮތަށެވެ. ބައެއް މީހުން ކަސްރަތުކޮށް ޑައިޓް ކުރާއިރު އެއްބަޔަކު ބޭސް ބޭނުން ކުރާތަންވެސް އާދެއެވެ.
އެންމެ ފުރަތަމަ ކަމަކަށް ފިޒީ ޑްރިންކްސް އާއި ހަކުރު ހިމެނޭ އެއްޗެހި ވީ ހާވެސް މަދުން ކެއުމަށް އާދަ ކުރާށެވެ. މިތަކެތީގެ ބަދަލުގައި ފައިބާ ކެއުމުގައި ގިނަ ކުރާށެވެ. ފައިބާގެ ސަބަބުން ބަނޑުހަރުވުމުން ދުރުކޮށްދީ، ބްލޯޓްވެ ބަނޑު ފުފިފައި ހުންނަ ހުރުން ނުހުންނާނެވެ އެވެ.
ކޮންމެ ދުވަހަކު މަދުވެގެން ދޮޅު ގަޑިއިރު ކަސްރަތު ކުރުމުގައި ހޭދަކުރާށެވެ. އެގޮތުން 30 މިނެޓް ދުވުމަށް ފަހުގައި ބަނޑުގެ ކަސްރަތު ކޮންމެ ދުވަހަކު ވެސް ކުރަން ފަށާށެވެ. މެދު ނުކެނޑި ކޮންމެ ދުވަހަކު މި ގޮތަށް ތަކުރާރު ކުރާ ނަމަ ނަތީޖާ އަވަހަށް ފެންނާނެއެވެ.
ކެއުމުގެ ކުރިން 2 ތަށި ފެން ބުއިމުން ވެސް ބަނޑު ފުރޭ ގޮތް ވެއެވެ. އަދި ކާ އެއްޗެހި ކާ މިންވަރު މަދު ކޮށްދެއެވެ. މި ކަމުގެ ސަބަބުން ހަށިގަނޑޫ ފަލަ ވުމުން ދުރުކޮށްދެއެވެ.
މީގެ އިތުރުން ތަރުކާރީ އާއި މޭވާގެ ބާވަތް ގިނަ ކޮށް ޖަންކްފުޑް ކެއުން ހުއްޓާލާށެވެ. ހަފްތާއަކުން ނަތީޖާ ފެންނަން ފަށާނެއެވެ