ނުފެތޭނެކަމަށް ބުނި ބަރުލަމާނީ އޮޑި ފެތިއްޖެކަމަށް ވިދާޅުވެ ޝައިޚް ޢަލީ ޒައިދު ރައީސް މުޙައްމަދު ނަޝީދަށް ފާޑުކިޔުން އަމާޒުކުރައްވައިފިއެވެ.
ބަރުލަމާނީ ގެނައުމުގެ ގޮތުން ނަޝީދު އެމްޑީޕީ ކޮންގްރެސްއަށް ހުށަހެޅުއްވި ޤަރާރު އަނބުރާ ގެންދަވަން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންނެވި ނަމަވެސް ނަޝީދު އެ ގޮތެއް ބޭނުމެއް ނުވެއެވެ. ހިތްޕުޅުގައި އޮތީ ބޮޑުވަޒީރަކަށްވެ ވަޑައިގަތުމުގެ އެދުންފުޅެވެ.
އެ ގޮތުން ކޮންގްރެސްގައި ވެސް މިއަދު ވިދާޅުވީ އެމްޑީޕީގެ އެއްބަޔަކު ނިޒާމު ބަދަލު ކުރަން ބޭނުންވާ ކަމަށާއި، ”މުޅި ޕާޓީއާއެކީ ނޫން ގޮތަކަށް އަޅުގަނޑަކަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ތިބޭފުޅުންނާ އެއްކޮށް ނުނިކުމެވޭނެ“ ކަމަށެވެ. އަދި ކޮންގްރެސްގެ ބައިވެރިން މިއަދު މެންދުރު ކޭން ބެއްލެވި ގަޑީގައި ވެސް ތެދުވެވަޑައިގެން ބަރުލަމާނީ ގެނައުމާ ގުޅޭ ގޮތުން އާދޭސް ކުރެއްވިއެވެ.
ޕާޓީތެރޭގައި ނަޝީދުގެ ބަސް ނުވިކޭއިރު، ޒައިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ނުފެތޭނެކަމަށްބުނި އަނެއް ރާއްޖޭގެ އަނެއް އޮޑި، ”އާދެ، ބަރުލަމާނީ އޮޑި ފެތިއްޖެ“ ކަމަށެވެ.
އެ އޮޑި ފައްތާލީ ވެސް ހަމަ އޭގެ ފަޅުވެރިން ކަމަށް ޒައިދު ވިދާޅުވިއެވެ.
ޒައިދު ވިދާޅުވީ ޓައިޓޭނިކް ހެދި މީހުން ވެސް އެ އޮޑިއެއް ނުފެތޭނޭ ބުނި ކަމަށް އިވޭ ކަމަށާއި, ނަމަވެސް އާޚިރުގައި ނަތީޖާ އެއޮތީ ފެންނަން ކަމަށެވެ.
”އިރާދަފުޅާ ނުގުޅުވައި ގަދަބަސް ބުނުމަކީ ފެއިލްވުމެއް“ ޒައިދު ވިދާޅުވިއެވެ.
ދީނުގެ މަގުގައި ހިފުމަށް ވަކާލާތުކޮށް އެކަމަށް މަސައްކަތް ކުރާ މީހަކަށް ދީނަށް ލޯބި ކުރައްވާ އެންމެން ބައިއަތު ހިއްޕަވާ މިގައުމު ސަލާމަތް ކުރުމަށް މަސައްކަތް ކޮށްދެއްވާ.ބަދުރުން މިސާލު ނަންގަވާ.ކާމިޔާބާއި ފަލާޙު އޮތީ އެގޮތުގައި.