ކޮންޓެއިނަރު ޝިޕެއްގައި ހުރި ބޭރު ފަޅުވެރިއެއްގެ ސިއްހީ ހާލަތު ގޯސްވުމުން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދިނީ “އެމްއެސްސީ ރަވެނާ“ ނަމަކަށް ކިޔާ ކޮންޓެއިނަރު ޝިޕެއްގައި ހުރި ބޭރު ފަޅުވެރިއަކަށެވެ.
އެމްއެންޑީއެފުން މިރޭ ކުރި ޓުވީޓެއްގައި ބުނީ އެ ފަޅުވެރިޔާގެ ސިއްހީ ހާލަތު ގޯސްވުމުން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ފޯތު ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
ނަމަވެސް އެއީ ކޮން ޤައުމެއްގެ ފަޅުވެރިއެއްކަމެއް އަދި ކަމާގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފުން ހިއްސާއެއް ނުކުރެއެވެ.