ހަތަރު އަހަރު ވޭތުވެގެންދާއިރު މި ސަރުކާރަށް އުފެއްދުނީ އެންމެ 4,000 ވަޒީފާ ކަމަށް ރައީސް ޔާމިން ޢަބްދުލްޤައްޔޫމު ވިދާޅުވުމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްދު ދެއްވައިފިއެވެ.
ރައީސް ޔާމީނާ ރަސްމީކޮށް ރިޔާސީ ޓިކެޓް ހަވާލު ކުރުމަށް ކާނިވާ ސަރަހައްދުގައި “ހަވާލޭ ވަޠަން“ ގެ ނަމުގައި ރޭ ބޭއްވި ޖަލްސާގައި ވިދާޅުވީ ޕީޕީއެމްގެ ވެރިކަމުގައި ޒުވާނުންނަށް ޚާއްސަކޮށްގެން 100,000 އަށްވުރެ ގިނަ ވަޒީފާ އުފެއްދި ކަމަށެވެ. ނަމަވެސް ހަތަރު އަހަރު ވޭތުވިއިރު މި ސަރުކާރަށް އުފެއްދުނީ އެންމެ 4,000 ވަޒީފާ ކަމަށާއި, އަދި މި ސަރުކާރުން އެންމެ ބޮޑަށް އިހުމާލުވީ ޒުވާނުންނަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެކަމަށް ރައްދު ދެއްވައި އަމީރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދޮގާއި މަކަރު ހެދިޔަސް ހައްދެއް އޮންނަންވާނެ ކަމަށެވެ.
އަމީރު ވިދާޅުވީ މި ހަތަރު އަހަރުތެރޭގައި އެމްޓީސީސީން އެކަނި ވެސް މިހާތަނަށް 3,973 ވަޒީފާ އުފައްދާފައިވާ ކަމަށެވެ. އަދި އެމްޓީސީސީއާއި އާރްޑީސީ އެކަނިވެސް މި ހަތަރު އަހަރުތެރޭގައި ގާތްގަނޑަކަށް 5,200 ވަޒީފާ އުފައްދާފައިވާ ކަމަށެވެ.
Dhogaai makaruhadhaameehakah onnaaneeanga hadhdhujehun
ގައްދޫފަލަމަޑިބެއްޔާ! ރައީސް ޔާމީނާ ޖަދަލުކުރަން ތީކާކު؟ ހަސަންމަނިކުބެއްޔަގެ ހުތާއާ ދެވެރިން ތިތިބީ ނޭވާ ހޮޅި ޔަޣުނީ، ވެންޓިލޭޓަރު ދިރުވާލައިގެން. ގަމާރު ވިޔަސް ފުކެއް ބޮޑުވަރު.