ޤައުމު ސަލާމަތްކޮށް އަލުން އަނބުރާ ދިވެހިންނަށް ހޯއްދަވައި ދެއްވޭނީ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް ކަމަށް ދިވެހި ރައްޔިތުން މިއަދު ގަބޫލުކުރާކަމަށް ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނާ ރަސްމީކޮށް ހަވާލުކުރުމުން އެ މަނިކުފާނަށް މަރުހަބާ ދަންނަވައި ކުރެއްވި ޕޯސްޓެއްގައެވެ.
އަދުރޭ ވިދާޅުވީ ދިވެހި ޤައުމު ދުވަހަކު ވެސް ތަޖުރިބާކޮށްފައިނުވާ ފަދަ ހިތްދަތި ހިތާމަވެރި އަދި ނުރައްކާތެރި ހާލަތެއްގައި އޮއްވައި ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ރައީސް ހަވާލުވެވަޑައިގެންނެވީ ދަތި އުނދަގޫ ބުރަ މަސްއޫލިއްޔަތަކާ ކަމަށެވެ. އެހެންނަމަވެސް މަނިކުފާނު އަބަދުވެސް ތަކުރާރު ކުރައްވަމުން ގެންދެވީ “ދިރުމެއް އޮތިއްޔާ އުންމީދެއްވާނެ“ ކަމަށް ކަމަށެވެ.
އެކަން އެ މަނިކުފާނުގެ ޒަޢާމަތުގައި ރައްޔިތުންނަށް ކަށަވަރު ކޮށްދެއްވާފައިވާކަމަށް އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ރައްޔިތުން މިއަދު ގަބޫލުކުރަނީ ދެން މި ޤައުމު ސަލާމަތްކޮށް އަލުން އަނބުރާ ދިވެހިންނަށް ހޯއްދަވައި ދެއްވޭނީ މަނިކުފާނު ފަދަ ތަޖުރިބާކާރު ހިތްވަރުގަދަ, ކެރޭ ވަޠަނީ ލީޑަރަކަށް ކަމަށެވެ. އަދި މަނިކުފާނު ފިޔަވައި އެ ފަދަ ދެވަނަ ލީޑަރެއް ރާއްޖޭ ސިޔާސީ މައިދާނުން ފެންނަން ނެތްކަމަށް ރައްޔިތުން މިއަދު ގަބޫލުކުރާ ކަމަށެވެ.
ދީނުގެ މަގުގައި ހިފުމަށް ވަކާލާތުކޮށް އެކަމަށް މަސައްކަތް ކުރާ މީހަކަށް ދީނަށް ލޯބި ކުރައްވާ އެންމެން ބައިއަތު ހިއްޕަވާ މިގައުމު ސަލާމަތް ކުރުމަށް މަސައްކަތް ކޮށްދެއްވާ.ބަދުރުން މިސާލު ނަންގަވާ.ކާމިޔާބާއި ފަލާޙު އޮތީ އެގޮތުގައި…އެފަދަ ލީޑަރަކަށް މިހާރު ފެންނަން ހުރީ ހަމައެކަނި ޢުމަރު ނަޞީރު.ޔާންޓޭ އަކަށް ނުވާނެ……