ރައީސް ޔާމިން ޢަބްދުލްޤައްޔޫމުގެ ޒަޢާމަތުގައި ފެށި ހިޔާ ފުލެޓުތަކުގެ ބޮޑުބައި ނިންމީ މި ސަރުކާރުން ކަމަށް ހައުސިންގ މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ކޮންގްރެސްގައި ހަވީރު ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ރާއްޖޭގެ އޮތް އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާއި، ޚާއްސަކޮށް މާލޭގައި އެ މައްސަލަ ވަރަށް ބޮޑު ކަމަށެވެ. އެކަން ހައްލުކުރަން މި ސަރުކާރުން ވަރަށް ގިނަ މަސައްކަތް ކުރަމުން ގެންދާކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ އެމްޑީޕީން ސަރުކާރާ ހަވާލުވިއިރު ކުރީ ސަރުކާރުން ފެށި ބައެއް މަސައްކަތް ނުހިނގާ ވެސް ހުރި ކަމަށެވެ.
”އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރު ބައެއް މަސައްކަތް ނުހިނގާ ވެސް ހުރި. ހުރިހާ މަސައްކަތެއްގެ ކްރެޑިޓް ނަގާކަށް އަޅުގަނޑު ނެތިން. އެހެން ނަމަވެސް ދަންނަވާފާނަން ވަރަށް ސާފުކޮށް ކެރިހުރެގެން.. ހިޔާ ފުލެޓުތަކުގެ ބައެއް ފުލެޓުތަކުގެ ފައުންޑޭޝަން އެކަނި އަޅާފަ ހުރީ އައިއިރު. އަނެއް ބައި ތަންތަން ހުރީ ކޮންމެވެސް ވަރަކަށް ހަދާ ނިންމާފަ. ބޮޑުބައި އަޅުގަނޑުމެން އޮތް ޕްލޭނާ އެއްކޮށް ނިންމާލަދިނީ.“
”ވިނަރެސް ފުލެޓްތަކުގެ ފައުންޑޭޝަން ނުވެސް އަޅާ. އަޅުގަނޑުމެން އެކަން ވެސް ނިންމާލަދިނިން.“ އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ވެރިކަން ބަދަލުވުމަކީ ހުރިހާ ކަމެއް އެއް ފަރާތް ކޮށްފައި މުޅިން އާ ކަންކަމެއް ފެށުން ނޫން ކަމަށާއި، ކުރީ ސަރުކާރަށް ނުނިމި ހުރި ކަންކަން ދެން އަންނަ ސަރުކާރަކުން ނިންމައިދިނުމަކީ މި ސަރުކާރުން ގަބޫލުކުރާ އުސޫލު ކަމަށެވެ.
ޙިޔާފްލެޓްތަކުގެ ޞޮޑުބައިނިންމީ ޢާޅުގަޑުމެން ޟިސަރުކާރުންނޭ ބުނާއިރު ޢެތަންތަން ނިއްމީ އެތަންތަން ޅިބުނުފަރާތއތަށް ޑަރައިގެން ޑެލައްކަފަންސާސްހާސް ރުފިޔާ ޢާއި ތިންލައްކަރުފިޔާޚަރަދުކޮއްގެން މިހުންނާ ހަވާލުކުރީ ޙަތަރުފަރުހަވާލުކުރީވެސް މަޖުބޫރުވެގެން
Iru itu kolhun koacheh kiyan ulhey meehehmee. Verikan nimey iru nunimi Hannah kantha kuran jeheyner dhen Hovey bath noontime. Mi meetings jeebun nonnee mi meehunge main bafainge vaarutha mudhaluntha kharafhukoh nimmee.
ޥަރަށްތާހިރު އަސްލަމް ތިވާހަކަދައްކަންމިސަރުކާރުން ހިޔާފްލެޓްގެ ޚޮންކަމެށް ނިއްމީ ބަލައެތަންތަން ލިބުނުމީހުން ދަރައިގެން ދެލައްކަފަންސާސް ހާސްރުފިޔާއާ ތިނއލައްކަރުފިޔާ ޚަރަދު ކޮއްގެން އެތަންތަނަށް ޞަދަލުފެފައެތިބީ