ހިންމަފުށީގައި ހުންނަ ނޯވާ ގެސްޓު ހައުސްއަށް ވަދެ އެ ތަނުގެ ތަކެއްޗަށް ގެއްލުންދިން މީހަކާއި އެ ރަށުގައި ހަމަނުޖެހުން ހިންގި އިތުރު 04 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ހިންމަފުށީ ގެސްޓުހައުސްއަކަށް ގެއްލުންދިން މައްސަލަ ރިޕޯޓުކުރީ އިއްޔެ ހަވީރު ކަމަށާއި އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރޭ 32 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭނާ ހައްޔަރުކުރުމާއެކު ރޭ މެންދަމު ބަޔަކު ވަނީ ގެސްޓުހައުސް ކައިރީގައި ހަމަނުޖެހުން ހިންގާފައެވެ.
އެ މައްސަލައާ ގުޅިގެން 20 އަހަރުގެ މީހަކާއި, 27 އަހަރުގެ މީހަކާއި, 29 އަހަރުގެ މީހަކާއި, 37 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.