ޤައުމުގެ ހާލަތު ބަދަލުކޮށްލެވޭނެ ހަމައެކަނި ލީޑަރަކީ ކުރީގެ ރައީސް ޔާމިން ޢަބްދުލްޤައްޔޫމު ކަމަށް ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ ޤާނޫނީ ވަކީލު ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޚާއްސަ ޖަލްސާގައި ރައީސް ޔާމީނާ ރަސްމީކޮށް ރިޔާސީ ޓިކެޓް ހަވާލުކޮށްފައިވާއިރު, އެ މަނިކުފާނު ވަނީ ރާއްޖެއަށް ގެންނަންޖެހޭ ބަދަލުތަކާއި އިސްކަން ދެއްވާނެ ދާއިރާތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވައިފައެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި އަންހެނުންނާއި ޒުވާނުންނަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް ވިދާޅުވިއެވެ.
ޑރ.ޖަމީލު މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރައީސް ޔާމީންގެ ވާހަކަފުޅުން އުންމީދު އާވެއްޖެ ކަމަށާއި, ޤައުމުގެ ހާލަތު ބަދަލުކޮށްލެވޭނެ ހަމައެކަނި ލީޑަރަކީ އެ މަނިކުފާނުކަން ސާބިތުކޮށްދެއްވައިފި ކަމަށެވެ.
ޑރ.ޖަމީލު ވިދާޅުވީ ޒުވާން ޖީލަށް އަދި މުޅި ޤައުމަށް އުޖާލާ ރާސްތާއަކަށް 2023 ގައި ރައީސް ޔާމީން ހޮވަންޖެހޭ ކަމަށެވެ.
ޑރ.ޖަމީލުގެ ޓްވީޓުގައި ވަނީ އެމްޑީޕީއަށް ހުރިހާ ބާރެއް ލިބުނުއިރު ވެސް ސަރުކާރު ފެއިލްވެފައިވާކަން ފާހަގަކުރައްވައިފައެވެ.
Haalathu mihaaru maarangalgu kuriah vure