ވެންޓިލޭޓަރުގެ މައްސަލާގައި ކުރީގެ ހެލްތު މިނިސްޓަރު އަމީނާއި އިތުރު އަށް މީހަކަށް ދައުވާނުކުރަން ނިންމައިފި އެވެ.
މިކަމާ ގުޅޭ ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަން އޭސީސީ އިން ބުނީ ވެންޓިލޭޓަރުގެ މައްސަލަ ވަރަށް ބޮޑު އިސްކަމެއް ދީގެން ތަހުގީގުކޮށް ނިންމުމަށް ފަހު، ޕީޖީ އޮފީހަށް ތިން ފަހަރެއްގެ މަތިން ފޮނުވުމުން އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ. އެހެންވެ އެ މައްސަލާގައި ދައުވާކުރުން ހުއްޓާލައި މައްސަލަ ފައިލް ވެސް ކޮށްފައިވާ ކަމަށް އެތަނުން ބުންޏެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ 75 ވެންޓިލޭޓަރު 34 މިލިއަން ރުފިޔާ އަށް ހޯދަން ހަވާލުކުރުމުގައި މާލިއްޔަތު ގަވާއިދާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓެއްގައި ބުނެފައިވެވެ އެވެ. އެ ރިޕޯޓާ އެކީ އޭސީސީގެ ތަގަށް ފަހު ދައުވާކުރަން އެދުނީ އަމީނާއި ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީ ހިމެނޭ ގޮތުން 11 މީހެއްގެ މައްޗަށެވެ.
ނަމަވެސް މިހާރު މިނިސްޓަރު އަމީން ހިމެނޭ ގޮތަށް އަށް މީހަކަށް ދައުވާނުކޮށް މައްސަލަ ޕީޖީން ފޮނުވީ ދައުވާކުރެވޭ ވަރަށް ހެކި ނެތް ކަމަށް ބުންޏެވެ. އަމީން މަގާމުން އަމިއްލަ އަށް އިސްތިއުފާދެއްވީ އޭނަގެ މައްޗަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެންނެވެ.
އޭސީސީން ބުނެފައިވާ ގޮތުގައި ދައުވާކުރަން އެދުނީ ވެންޓިލޭޓަރު ހޯދަން އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަކީ ގާބިލް ކުންފުންޏެއްތޯ ނުބަލައި ހަވާލުކުރުމާއި އެއްބަސްވުމެއް ނެތީސް މަސައްކަތް ކުރިއަށް ގެންދަން އެ ކުންފުންޏަށް އެންގުމާއި އެއްބަސްވުމެއް ނެތި އަދި މާލިއްޔަތު ގަވާއިދާ ޚިލާފަށް އެޑްވާންސް ޕޭމަންޓުގެ ގޮތުގައި އެއްބަސްވުމުގެ 90 ޕަސެންޓް، 30 މިލިއަން ރުފިޔާ ދީފައިވާތީ އެވެ. އެތަނުން ބުނި ގޮތުގައި އެޑްވާންސް ފައިސާ ދެއްކީ އެގްޒެކިއުޓާސް އިން 65 މެކޭނިކަލް ވެންޓިލޭޓަރާއި 10 ޕޯޓަބަލް ވެންޓިލޭޓަރު ނުލިބެނީސް އެ ތަކެތި ލިބިފައިވާ ކަމަށް ސެޕް ސިސްޓަމުން ”ގުޑްސް ރިސީވްޑް“ ކަމަށް ދައްކައިގެންނެވެ.
އޭރު އެގްޒެކިއުޓާސްއާ އެކު އެއްބަސްވުމުގައި ސޮއެއް ވެސް ނުކުރާ ކަމަށް އޭސީސީން ބުންޏެވެ.
ދައުލަތުގެ ފައިސާ މިލިއަނުން ގެއްލުވާލީމަ އެމައްސަލަ ނުބެލޭވަރުގެ ބަޔަކާ ސަރުކާރު ހިންގާން ހަވާލުކޮށްގެން ތިބުމަކީ ޚުދު ރައްޔިތުންނަށް ވެސް ވެވޭ އިހުމާލެއް