ބޮލީވުޑްގައި ކުރިއަރަމުން އަންނަ ދެ ފަންނާނުން ކަމަށްވާ ޖާންވީ ކަޕޫރު އާއި ސާރާ އަލީ ޙާން އެއްކޮށް ފިލްމަކުން ފެނިގެން ދާނެ ކަމަށް އިންސްޓަރ ގްރާމް މެދުވެރިކޮށް މި ފަންނާނުން ހާމަކޮށްފިއެވެ.
ފިލްމާ ބެހޭ މާ ބޮޑޫ ތަފްސީލެއް އަދި ހާމަކޮށްފައި ނުވި ނަމަވެސް އިންޑިއާގެ ރިޕޯޓް ތަކުން ހާމަކުރާ ގޮތުގައި މި ފިލްމަކީ ދެ އެކުވެރިންގެ ދިރިއުޅުމުގެ މައްޗަށް ބިނާ ކޮށް ހަދާ ފިލްމެއް ކަމަށެވެ. މި ފިލްމުގެ ނަމާއި ޑައިރެކްޓަރގެ ނަން އަދި ހާމަކޮށްފައި ނުވި ނަމަވެސް ވަރަށް އަވަހަށް ކުރާނެ ކަމަށް ވެސް ރިޕޯޓް ތަކުން ދަނީ ބުނަމުންނެވެ.
ސާރާ އާއި ޖާންވީ އަކީ ބޮލީވުޑްގެ ބެސްޓީސްއެވެ. މި ދެފަންނާނުން އަކީ އަބަދުވެސް އެއްކޮށް ބޭރަށް ގޮސް ހަދާ ދެ އެކުވެރިންނެވެ.
މި ދެ ފަންނާނުން ވަނީ މި ފަހުން ކޮފީ ވިތް ކަރަން ސީޒަން 7 ގައި ވެސް ބައިވެރިވެފައެވެ. އޭރު ވެސް އެކީގައި މަސައްކަތް ކުރަން ކެތް މަދުވެފައި ތިބި ކަން މި ދެ ފަންނާނުން ވަނީ ހާމަކޮށްފައެވެ.