ބިގް ބޮސް އިން އާއްމުންގެ މެދުގައި މަގުބޫލުކަން ހޯދައިފައިބާ ޝެހެނާޒް ގިލް އާއި ގިނަ ރިއަލިޓީ ޝޯ އެއް ހޯސްޓް ކުރާ ނެށުންތެރިޔާ ރާގަވް ޖުވަލްއާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ތުހުމަތު ކުރުމާއި އެކު ޝެހެނާޒް ރައްދު ދީފިއެވެ.
ޝެހެނާޒް ހާމަކޮށްފައިވާ ގޮތުގައި އެއީ އެއްވެސް ތާކުން ތާކުން ނުޖެހޭ ވާހަކަ ތައް ކަމަށާއި އޭނާ ވާހަކަ ދައްކާ ކޮންމެ މީހަކީ އޭނާގެ ލޯބިވެރިއެއް ނޫން ކަމަށެވެ. އަދި ކަންކަން ރަނގަޅަށް ހާމަނުކޮށް ވާހަކަ ނުފެތުރުމަށާއި އޭނާގެ ފިރެހެން އެކުވެރިން ވެސް ތިބޭ ކަމަށެވެ.
ބިގް ބޮސްގައި އުޅެމުން ޝެހެނާޒް ވަނީ ޝިދާތު ޝުކުލާ އާއި ލޯބީގެ ގޮތުން ގުޅިފައެވެ. ޝިދާތުގެ ކުއްލި މަރާއި އެކު ޝެހެނާޒް ޝޯސަލް މީޑިއާގައި ދުރުގައި އުޅުމަށް ފަހުގައި އޭނާ ވަނީ އެނބުރި އައިސްފައެވެ.
ޝެހެނާޒް ހާމަކުރާ ގޮތުގައި ލޯބިވެރިޔާ ވަކި ވުމަކީ އޭނާ އެކަމާއި އަބަދު ހިތާމަކޮށް ރޮއެ ހަދަން ޖެހޭ ކަމެއް ނޫން ކަމަށާއި އޭނާ އެކަމާއި ވަރަށް ގިނަ ދުވަހު ހިތާމަކޮށްފި ކަމަށެވެ. އަދި އޭނާ ކުރާ ހުރިހާ ކަމެއް ޝިދާތު އާއި ނުގުޅުވުމަށާއި ޝިދާތުގެ ހަނދާން އޭނާ އާ ކުރަން ބޭނުން ނުވާ ކަމަށެވެ.