ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރުގެ ”ޖަބްވީ މެޓް“ ގެ ސަބަބުން އިންޑިއާގައި ރޭލު ދަތުރުގެ އާމްދަނީ އިތުރުވެފައިވާ ކަމަށް ކަރީނާ ހާމަކޮށްފިއެވެ.
ކަރީނާ އާއި ޝާހިދު ކަޕޫރު އެއްކޮށް ފެނިގެން ގޮސްފައިވާ މި ފިލްމުގައި ރޭލެއްގައި ކުޅެފައިވާ މަންޒަރަކީ އާއްމުންގެ މެދުގައި މަގުބޫލުވެފައިވާ މަންޒަރެއް ކަމަށާއި އެ މަންޒަރުގެ ސަބަބުން އިންޑިއާގައި ރޭލު ދަތުރު އިތުވެފައިވާ ކަން އޭނާ އަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެކަމުގެ ސަބަބުން އޭނާއަށް ޝުކުރު ހައްޤުވާނެ ކަމަށާއި އެއީ އޭނާ ކޮށްދިން ވަރަށް ރަނގަޅު ކަމެއް ކަމަށެވެ.
”ޖަބް ވީ މެޓް“ އަކީ އާއްމުންގެ މެދުގައި ވަރަށް ކާމިޔާބުކަން ހޯދައިފައިވާ ފިލްމެކެވެ. ކަރީނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ އާމިރު ޙާން އާއި އެކު “ ލާލް ސިންގް ޗައްޑާ“ އިންނެވެ.