ތިރީސް އަހަރު އެއްކޮށްލައިގެން ނުގެނެވޭ މިންވަރަށް މި ސަރުކާރުން އުމްރާނީ ތަރައްގީގެ މަސައްކަތްތައް ކުރަމުންދާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ފައްޔާޒް މިހެން ވިދާޅުވީ އެމްޑީޕީގެ ކޮންގްރެސް ފެށުމުގެ ގޮތުން ސޯޝަލް ސެންޓަރުގައި މިރޭ އޮތް ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިގޮތުން ކޮންގްރެސްގައި ދެއްކެވި ވާހަކަފުޅުގައި ފައްޔާޒް ވަނީ ސަރުކާރުން ކޮށްފައިވާ ކަންކަމަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ
އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ކުރެވުނު އެންމެ މުހިއްމު މަސައްކަތަކީ އުމްރާނީ ތަރައްގީއާއި ބޭސްފަރުވާގެ ކަންކަން ނޫން ކަމަށާއި ކުރެވުނު އެންމެ މުހިއްމު މަސައްކަތެއް ކަމުގައި ދެކެނީ ރާއްޖޭގެ ރައްޔިތުންގެ ފިކުރަށް ގެނެވުނު ބަދަލުތައް ކަމުގައި ވެސް އޭނާގެ ވާހަކައިގަ ފާހަގަ ކުރެއްވިއެވެ.
”ތަރައްގީ ކުރެވޭނީ މިނިވަންކަމާއެކު ފިކުރު ކުރުމުގެ ފުރުސަތު އެ ރައްޔިތަކަށް އޮތީމާ. އެކަން ތަންމިނަށް މި ހޯދައިދިނީ ހަމަ މި ފަހުރުވެރި ޕާޓީން. އެއީކީ އެއްވެސް މީހަކު އެއްވެސް ގޮތަކަށް ޝައްކު ކުރެވޭނޭ ކަމެއް ނޫން“ ފައްޔާޒް ވިދާޅުވިއެވެ.
އެމްޑީޕީއަކީ އަބަދުވެސް ގޯސްތައް ރަނގަޅު ކުރުމަށް މިނިވަންކަމާއެކު ބަހުސް ކުރެވޭ ޕާޓީއެއް ކަމަށާއި ޕާޓީގެ ކާމިޔާބުގެ އެންމެ ވަރުގަދަ ސިއްރަކީ ވެސް އެއީ ކަމަށެވެ.
”ބައެއް ބޭފުޅުން ވިދާޅުވާނެ އަޅުގަނޑުމެން ޑްރާމާ ކުޅެނީއޭ. އަޅުގަނޑުމެން ވަޓްސްއެޕް ގުރޫޕްގައި ވާހަކަދައްކާއިރު. ބައްލަވާ އެއީ އަޅުގަނޑުމެން ބޭނުންވާ ގޮތް އެކަން ކުރަން. އަޅުގަނޑުމެން ބޭނުންވާ ބޭނުން ވާހަކައެއް މިނިވަންކަމާއެކު ދައްކައިގެން އޭގެ ތެރެއިން ނަތީޖާ ހާސިލްކުރަން.“ އޭނާ ވިދާޅުވިއެވެ.
އަދި، ކުރިޔަށް އޮތްތާގައި ވެސް އެކަން ކުރިޔަށް ގެންދާނީ އެހެން ކަމަށް އޭނާ ވިދާޅުވިއެވެ.
”ހިޔާލު ތަފާތުވުމުގެ ތެރެއިން އަޅުގަނޑުމެންނަށް އެއްބަސްވާ ކަންކަމުގައި އަޅުގަނޑުމެންނަށް ކުރިޔަށް ދެވޭނެ.“ ފައްޔާޒް ވިދާޅުވިއެވެ.
އެމްޑީޕީގެ ފަލްސަފާގެ އަސާސީ ކަންކަމުގައި ދެބަސްވުމެއް ނެތްކަން ހާމަކުރައްވާ ފައްޔާޒު ވިދާޅުވީ ހިޔާލުތަފާތުވުންތައް އަންނަނީ އަސާސްތަކުގެ ތެރެއިން ކަމަށެވެ. ނިޒާމުގެ މައްސަލައަކި ވެސް އެފަދަ ކަމެއް ކަމަށާއި އެއީ މައްސަލައެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އައިނު އަޅައިގެން ބެލީމަވެސް ކަލޭމެންތިބުނާ ތަރައްގީ އަހަރުމެންގެ ލޮލަކަށް ނުފެނޭ، ފަހަރެއްގާ އިންޑިއާމީހުންނަ ފެނިދާނެ ބުރިޖުގެ ބިންގާވެސް އެޅީ އިންޑިއާގެ ވިއްޔާ.