އެމްޑީޕީއިން އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ހޮވާ ރިޔާސީ ޓިކެޓު ހަވާލުކުރާނީ ޕްރައިމަރީއެއްގެ ތެރެއިން ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ. މާރިޔާ މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ކޮންގްރެސް ފެށުމުގެ ގޮތުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އިދިކޮޅު ކޯލިޝަނުން ކުރީގެ ރައީސް ޔާމީނަށް ޕްރައިމަރީ އަކާ ނުލާ ޓިކެޓު ހަވާލުކުރި ކުރުމަށް ރައްދު ދެއްވާ މާރިޔާ ވިދާޅުވެފައިވަނީ އެއީ އެމްޑީޕީއިން ކަންކުރާ ގޮތް ނޫން ކަމަށާއި އެމްޑީޕީއިން ކަން ކަން ނިންމާނީ ކޮންގްރެސްއާއި ޕްރައިމަރީގެ ތެރެއިން ކަމަށެވެ.
މާރިޔާ މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީއިން މިއަދު ވަނީ އެޕާޓީގެ ކޮންގްރެސްއަށް ފަހު ދެން ބޭއްވޭ އެންމެ ބޮޑު ހަރަކާތަކަށް ވެގެންދާނީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ކަމަށް ބުނެފައެވެ.