އެމްޑީޕީގެ ތާރީހީ ކޮންގްރެސް ފަށައިފިއެވެ. ސޯޝަލް ސެންޓަރުގައި މިރޭ 21:00ގައި ކޮންގްރެސް ފެށީ ހާހަކަށްވުރެ ގިނަ މަންދޫބުންނާއެކުއެވެ.
ކޮންގްރެސްގައި ބައިވެރިވުމުގެ ހައްގު 1447 މަންދޫބަކަށް ލިބިގެންވެއެވެ. އެހެންނަމަވެސް ކޮންގްރެސްގައި ބައިވެރިވުމަށް އޮންލައިންކޮށް ރަޖިސްޓްރީ ކޮށްފައި ވަނީ 1157 މީހުންނެވެ.
އެމްޑީޕީގެ ކޮންގްރެސް ކުރިޔަށް ގެންދަނީ ތިން ދުވަހަކަށް ބަހާލައިގެންނެވެ. އެއީ މިއަދާއި މާދަމާ އަދި އާދިއްތަ ދުވަހާ ހަމައަށެވެ.
މި ކޮންގްރެސްގައި އޮތް އެންމެ ބޮޑު އެއް ކަމަކީ ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމުގެ ބަހުސެވެ. އެހެންކަމުން އެ ކޮންގްރެސްގައި އެކަމާ މެދު އެމްޑީޕީ އިން ގޮތެއް ނިންމާނެއެވެ.
އެމްޑީޕީގެ ކޮންގްރެސްގައި އެ ޕާޓީގެ ރިޔާސީ ޓިކެޓް ވަކިބޭފުޅަކަށް ދިނުމާމެދު ގޮތެއް ނުނިންމާނެ ކަމަށް ވަނީ މީގެކުރިން ބުނެފައެވެ. ރިޔާސީ ކެންޑިޑޭޓް ކަނޑައަޅާނީ ޕްރައިމަރީއަކުން ކަމަށް ވެސް އެޕާޓީން ބުނެއެވެ.
އަލަމްގިރި ކޮންގްރެސް