2023 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ކުރީގެ ރައީސް ޔާމީން އާއި ހަވާލުކޮށްފިއެވެ.
ރިޔާސީ ޓިކެޓް ރައީސް ޔާމީނާއި ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ”ޙަވާލޭ ވަޠަން“ ޖަލްސާގައެވެ.
ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ހަވާލުކޮށްދިނުމަށް ރާއްޖޭގެ ކޮންމެ ރަށަކުން ވަނީ މަންދޫބެއް އެ ޖަލްސާއަށް ހާޒިރުވެފަ އެވެ. އަދި ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ލީޑާޝިޕްގެ ހުރިހާ ބޭފުޅުން ވެސް އެ ޖަލްސާއަށް ވަޑައިގެންފައި ވެއެވެ.
ރިޔާސީ އިންތިޚާބުގައި ޕީޕީއެމް އިން ވާދަކުރާނެ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް ޕީޕީއެމްގެ ސެނެޓުން ނިންމީ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމެއްގައެވެ.
2019 ވަނަ އަހަރު ވެސް ރައީސް ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވުމާއިއެކު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ އުއްމީދު ގެއްލުނެވެ. ނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރ މަހު ސުޕްރީމް ކޯޓުން އެހުކުމް ބާތިލް ކުރުމުން މިވަގުތު އިންތިހާބުގައި ވާދަކުރުމަށް ރައީސް ޔާމީނަށް ގާނޫނީ ހުރަހެއް ނެތެވެ
ނަމަވެސް މިހާރު އެމަނިކުފާނުގެ މައްޗަށް ޝަރީއަތް ހިންގަމުން ގެންދާ ހަތަރު ދައުވާގެ ތެރެއިން ދައުވާއެއް ސާބިތުވެއްޖެނަމަ އަނެއްކާވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުން ގާތެވެ.
Bala. Havaaley watan mee india language noon tho?