މުޖުތަމަޢު ވެއްޓިފައިވާ ވަޅުގަނޑުން ނަގައި ކޮޅަށް ޖެހުމަށް މުޖުތަމަޢުގެ ހުރިހައި އަފްރާދުން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ޝައިޚް ޝަފީޢު ވިދާޅުވެއްޖެއެވެ.
ޝައިޚް މިރޭ ވިދާޅުވީ މުޖުތަމަޢު ސަލާމަތް ކުރެވޭނީ މުންކަރާތްތަކާއި ހަޑިހުތުރު ފާޙިޝްކަންކަމާ ދެކޮޅަށް ބަސްބުނެގެން ކަމަށާއި, މުންކަރާތާ ދެކޮޅަށް ޢަމަލާއި ބަހުން މަސައްކަތްކޮށްގެން ކަމަށެވެ.
އޭގެ އިތުރުން ދަރީންނަކީ ވެސް މުންކަރާތްތަކަށް ނަފްރަތުކުރާ ބައެއް ކަމުގައި ހަދައި އެ ގޮތުގައި އެ ކުދީން ތަރުބިއްޔަތުކުރުން މުހިންމުކަން ވެސް ޝައިޚް ފާހަގަކުރެއްވިއެވެ.
އަދި އެ ކުދިންގެ އިސްލާމީ ޢަޤީދާއާއި, އަޚްލާޤިއްޔާތު ވަރުގަދަކޮށް, އިސްލާމީ ތަރުބިއްޔަތު ފުރިހަމަ ގޮތުގައި ދޭންޖެހޭކަމަށް ވެސް ޝައިޚް ވިދާޅުވިއެވެ.
ޝަފީގުގެ ވާހަކަފުޅަށް ތަޢުރީފުކުރަންމެއެވެ. މުޖުތަމަޢުގެ އެންމެން އިސްލާހު ވެއްޖެ ނަމަ އިތުރަށް ކުރަންޖެހޭނެކަމެއް އޮންނާނެތޯއެވެ. ރަސޫލާ ތެދުވެ ވަޑައިގަތީ މުޖުތަމަޢު އެއްކޮށްތޯއެވެ. ރަސޫލާ ކަންކުރެއްވިގޮތަށް ޢަމަލުކުރާށެވެ. އޭރުން ކާމިޔާބުވާނެއެވެ.
ކޮމެންޓްތައް ނުޖަހާނެ.ވިކިފަތަ?މިކޮމެންޓް ޖަހާނެދޯ??????ހެހެހެ
ދީނުގެ މަގުގައި ހިފުމަށް ނިކުންނަވާ.ކާމިޔާބު އޮތީ އެގޮތުގައި……ނަސްރަށް ކާމިޔާބު އޮތީ…..މިގައުމު ސަލާމަތް ކުރެއްވުމަށް ދީނުގެ މަގަށް ބައިއަތު ހިއްޕަވާ….ބަދުރުގެ ދުވަހުންޢިބުރަތް ހޯއްދަވާ.