މެޖޯރިޓީ އެބައޮތޭ ކިޔާފައި އެމްޑީޕީން ފޮނި ކަނޑަމުންދާއިރު, މެޖޯރިޓީ އޮވެގެން ވީ އެންމެ ކަމެއް ކަމަށާއި, އެއީ މި ޤައުމުގައި ލިވާތުކުރުން ހުއްދަކުރުންކަމަށް ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖާބިރު ވިދާޅުވީ މި ސަރުކާރުގައި ނެޕޮޓިޒަމް ވަރަށް މައްޗަށް ގޮސްފައިވާ ކަމަށާއި, މި ސަރުކާރު ފެއިލްވެއްޖެ ކަމަށެވެ. އަދި މި ރާއްޖެ ދަރުވާލައިފި ކަމަށާއި “އަޅުގަނޑުމެން ވިޔަފާރިވެރިން ވެސް ދަރުވާލައިފި“ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ މެޖޯރިޓީ އެބައޮތޭ ކިޔާފައި އެމްޑީޕީން ފޮނި ކަނޑަމުންދާ ކަމަށެވެ. ނަމަވެސް މެޖޯރިޓީ އޮވެގެން ވީ އެންމެ ކަމެއް ކަމަށާއި, އެއީ މި ޤައުމުގައި ލިވާތުކުރުން ހުއްދަކުރުންކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.
“އެމްޑީޕީން ފޮނިކަނޑަމުން މި ދަނީ މެޖޯރިޓީ އެބަ އޮތޭ. މެޖޯރިޓީން ކޮންކަމެއް ހޭ ވީ؟ މެޖޯރިޓީން ކުރެވުނީ ލިވާތު ކުރުން ހުއްދަ މި ޤައުމުގައި. އެއީ ކުރެވުނު ކަމަކީ. ރައްޔިތުންނޭ ހަނދާން ބަހައްޓައްޗޭ. ދެން މި މީހުން ނު ހޮވާތި!“
ޖާބިރު ވަނީ މި ސަރުކާރުގެ އިސް ބޭފުޅުން ލަދުގަންނަންޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ.