ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަހްމަދު މުބީން މިރޭ އިދިކޮޅު ޕީޕީއެމްއަށް ސޮއި ކޮށްފިއެވެ.
މުބީން ޕީޕީއެމްއަށް ސޮއިކޮށް މެންބަރޝިޕް ފޯމް ހަވާލުކުރީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޔާމީން އާއިއެވެ.
މުބީން ވަނީ ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ގޮތުގައި 2014 ވަނަ އަހަރު ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ ބިލަތްދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައެވެ. އޭނާ ފާހަގަ ކުރެވުނީ 2019 ވަނަ އަހަރު ނިމުނު ރައްޔިތުން މަޖިލީހުގެ 18 ވަނަ ދައުރުގައި ރައީސް ޔާމީންގެ ސަރުކާރަށް ތާއިދުކުރި ވަރުގަދަ މެންބަރެއްގެ ގޮތުގައެވެ
ޕީޕީއެމް އަށް މުބީން ސޮއިކުރެއްވިއިރު ޕީޕީއެމް ކޯލިޝަން އިން އަންނަނީ މާދަމާ ރޭ ކާނިވަލުގައި ބޮޑު އެއްވުމެއް ބާއްވާ އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ރަސްމީ ލިޔުން އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އަށް އެރުވުމައް ތައްޔާރު ވަމުން ނެވެ. އެމަނިކުފާނުވަނީ މިފަހުން ރިޔާސީ ޓިކެޓް ގަބޫލު ކުރައްވައިފަ އެވެ.
ހުސް ފުނޑާދައިގެ ފޮއި ދޯއެވެ. އަނެއްކާ ޕީޕީއެމް ބަލިވާއިރަށް ކުރިން އޮތްކޮޅަށް ދެމޭނެއެވެ. އަދި މިވީހާތަނަށް ތިޔަމީހުން ތިބިތަނެއް މޮޅުވެފައެއް ނެތެވެ. އަހުންނަށް ރަގަޅީ ތިޔަވައްތަރު ޕާރޓީއަށް ގިނަނުވިއްޔާއެވެ.