މާލޭގެ މަގެއްގެ މަތިން ހިނގާފައި ދިޔަ އަންހެނެެއްގެ ކަރުގައި އޮތް ރަން ފަށެއް ފޭރިގަތް މީހާ ހައްޔަރުކޮށްފިއެވެ.
ހައްޔަރުކުރީ ގދ.ތިނަދޫ އޯކިޑްމާގޭ މުޙައްމަދު ޝަމްލީން (29) އެވެ. ކްރިމިނަލް ކޯޓުން މިއަދު ވަނީ އޭނާގެ ބަންދަށް 30 ދުވަސް ޖަހައިފައެވެ.
ދިވެހި ދެ ފިރިހެނަކުވެގެން ދިލްބަހާރު މަގުން ދިޔަ ބިދޭސީ އަންހެނެއްގެ ކަރުގައި އޮތް ފަށް ފޭރިގަތީ މީގެ ދެ ދުވަސް ކުރިންނެވެ. ފަށް ޖަހައިގަތީ އޮރެންޖް ކުލައިގެ އެއާ ބްލޭޑް ސައިކަލެއްގައި އައި ދެ މީހުންނެވެ.
އޭގެތެރެއިން ސައިކަލު ދުއްވަން އިން މީހާއަކީ މ.ކަކޮޅަސް މުޙައްމަދު އަލްތާފް (30) އެވެ. އޭނާގެ ބަންދަށް އިއްޔެ ވަނީ 15 ދުވަސް ޖަހައިފައެވެ.