ބަރުލަމާނީ ނިޒާމަށް ޕާޓީގެ %10 މީހުންގެ ތާއީދު ވެސް ނެތްކަމަށް އެމްޑީޕީގެ ޗެއާޕާސަން އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާޢީލް މިއަދު ވިދާޅުވެއްޖެއެވެ.
ނިޒާމީ ވޯޓެއް ނުނަގައިފިނަމަ ސަރުކާރުގެ ތާއީދު %27 އަށް ދަށްވާނެކަމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.
“އަޅުގަނޑު ދެކޭގޮތުގައި އޮނިގަނޑުގެ ބަދަލާއި ނިޒާމީ ބަދަލު ނުގެނެވިއްޖެނަމަ އެމްޑީޕީގެ މެންބަރުންގެތެރެއިން %42 މެންބަރުން ސަރުކާރަކަށް ވޯޓެއް ނުދޭނެ. އެއީ 47,000 މީހުން. އަޅުގަނޑު ދެކޭ ގޮތުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވެސް އަދި ނިޒާމީ ވޯޓަށް ފުރުސަތު ދިނުން އެއީ ބުއްދިވެރިކަމެއް ނޫން ގޮތުގައި ދެކެވަޑައިގަންނަވާ އެމްޑީޕީގެ ހުރިހާ ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ ފެންނަ ނުފެންނަ ވޯޓެއް އެމްޑީޕީގެ %42 މެންބަރުންނަށް ނުލިބިއްޖެނަމަ އެ މީހުން އެބަ ދުރުވޭ. ސަރުކާރުގެ ތާއީދު %27 އަށް ހުންނަން އެބަ މަޖުބޫރުކުރޭ.“ ދާދިފަހުން އެމްޑީޕީ ހަރުގޭގައި ނަޝީދު ވިދާޅުވިއެވެ.
މާަދަމާ ފެށޭ އެމްޑީޕީގެ ކޮންގްރެސްއަށް ރަށްރަށުން އައި މަންދޫބުންނަށް މަރުހަބާ ކިޔުމަށްފަހު, ނޫސްވެރިންނާ ވާހަކަދައްކަވަމުން މިއަދު ހަވީރު ފައްޔާޟް ވިދާޅުވީ, ޕާޓީގެ %42 މީހުންގެ ތާއީދު އޮތްކަމަށް ވިދާޅުވެ ނަޝީދު ދެެއްކެވި ވާހަކައަކީ ޙަޤީޤަތެއް ނޫން ކަމަށެވެ.
“އަޅުގަނޑު ނުދަންނަވާނަން އެމްޑީޕީގައި ބަރުލަމާނީއަށް %10 ވެސް ތާއިދު އޮތް ކަމަކަށް. އަދި މުޅި ރާއްޖެއަށް ބަލާއިރު އަޅުގަނޑު ގަބޫލެއް ނުކުރަން އޭތި އެހާ ވެސް ކައިރި ކުރާނެ ކަމަށް.“
ފައްޔާޟް ވިދާޅުވީ ނަޝީދު އެ ވިދާޅުވީ އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތް ކަމަށެވެ. ނަމަވެސް އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެކަން އޮތީ އެހެން ނޫން ކަމަށެވެ.