ޖީސީއީ އޯލެވެލްއާއި އެސްއެސްސީ އިމްތިހާނުގެ ނަތީޖާ ދޫކުރަން މިއަދު ފަށައިފިއެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން (ޑީޕީއޭ) އިން ބުނީ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށާފައިވަނީ މިއަދު 12:00 އިން ފެށިގެން ކަމަށެވެ.
ޑީޕީއޭއިން ބުނީ ނަތީޖާ ދޫކުރާނީ އެ ދަރިވަރަކު އިމްތިހާނު ހެދި ސެންޓަރަކުން ކަމަށެވެ.
ޑީޕީއޭއިން ވަނީ އިމްތިހާނުގެ ނަތީޖާގައި މައްސަލައެއް އޮތްނަމަ އެކަން ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސައިފައެވެ.
ޑީޕީއޭއިން ބުނީ މައްސަލައެއް ފާހަގަވާނަމަ, މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން އަންނަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހާ ހަމައަށް އެ މައްސަލަތައް ހުށަހެޅޭނެ ކަމަށެވެ.
މި އަހަރުގެ އޯލެވެލް އިމްތިހާނުގައި 236 ސެންޓަރަކުން 5,936 ދަރިވަރުން ބައިވެރިވިއެވެ. އެސްއެސްސީ އިމްތިހާނުގައި ބައިވެރިވީ 233 ސެންޓަރަކުން 5,640 ދަރިވަރުންނެވެ.
ކަލޭކަހަލަމޮޔައަކަށްވެރިކަންހަވާލުކުރަންއުޅެނީކާކުތަ ކަލޭހީކުރީމިގައުމުގަތިބީކަލޭކހަލަމޮޔައިންކަމައްތަ