ވަޢުދާ އެއްގޮތަށް މަޝްރޫޢުތައް ނިންމަން ސަރުކާރުން މަސައްކަތް ކުރާނެކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިރޭ ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.
ވިދާޅުވީ ފޭދޫ ކައުންސިލާ ބައްދަލުކޮށް, ރައްޔިތުންގެ ބޭނުންތަކާމެދު މަޝްވަރާ ކުރުމުގެ ފުރުސަތު ލިބުމަކީ ލިބޭ އުފަލެއް ކަމަށެވެ. އަދި ފޭދޫގެ ތަރައްޤީއަށް ކުރަމުންދާ ކަންކަން ރައްޔިތުން ބަލައިގަންނާތީ އުފާކުރާކަމަށް ވެސް ވިދާޅުވިއެވެ.
“އިރާދަކުރެއްވިއްޔާ ވަޢުދާ އެއްގޮތަށް މަޝްރޫޢުތައް ނިންމަން ސަރުކާރުން މަސައްކަތް ކުރާނެ“ ރައީސް ވިދާޅުވިއެވެ.
ރައީސް ޞާލިޙް މިއަދު ވަނީ, ފޭދޫ ކައުންސިލާއި, އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައި, އެ ރަށުގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކާއި, ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފައެވެ.
ފޭދޫ ކައުންސިލާއި, އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން ފާހަގަކުރި ކަންކަން:
ޒުވާނުންނަށް ހޭންޑްބޯލް ކުޅޭނެ ކޯޓެއް ބޭނުން.
ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަން ފާހަގަކުރި.
އަތޮޅުގައި ޓޫރިޒަމްގެ ސިނާއަތް އިތުރަށް
ތަރައްޤީކޮށްދިނުމަށް އެދުނު.
ރަށުގައި އިތުރު ފުލުހުން މަސައްކަތްކުރެވޭނެ މަގުފަހިކޮށްދިނުމަށް އެދުނު.
ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ހޯދަން ބޭނުން.
މިހާރު ތަރައްޤީކުރަމުންދާ ބަނދަރަށް ގެންނަން ބޭނުންވާ ބަދަލުތައް ވެސް ހިއްސާކުރި.
އެ ކަންބޮޑުވުންތައް އައްސަވައި ރައީސް ވިދާޅުވީ ބަނދަރުގެ މަޝްރޫޢު ނިމިގެން ދާއިރު ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރެވިގެންދާނެ ކަމަށެވެ. އަދި ދެން ފާހަގަކުރި ކަންކަން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ މަޝްވަރާކުރައްވައި ބައްލަވައިދެއްވާނެ ކަމަށެވެ.
ކޮބައިތޯ ޓާޓާފުލެޓް ނުލިބުނު މީހުންނަށް ދޭނެ ކަމަށް ބުނެ އެއްކަމެއްވެސް ނުވި
ވެރިކަމި ތިހީށީ ވައުދު އުވާލާ