މާލޭ އޯކިޑު މަގުގައި ހުންނަ މީޑިއާނެޓްގެ މައި އޮފީހަށް ބަޔަކު ވަދެ މީހަކަށް ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.
ފުލުހުން ބުނީ އެކަމުގެ ރިޕޯޓު ލިބުނީ މިއަދު ހަވީރު 17:48 ހާއިރު ކަމަށެވެ.
އެ މާރާމާރީގައި ޒަޚަމްކޮށްލާފައިވަނީ ފިރިހެނެއް ކަމަށާއި އޭނާއަށް ފަރުވާދިނުމަށް އޭޑީކޭއަށް ގެންގޮސްފައިވާ ކަމަށެވެ.
މި މާރާމާރީއާ ގުޅިގެން އަދި މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.