ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމިން ޢަބްދުލްޤައްޔޫމް ހައްޔަރުކުރުން ވަރަށް އަވަސް ކުރަންޖެހޭ ކަމަށާއި ރިޔާސީ އިންތިޚާބު އޭނާއަށް ކާމިޔާބު ކުރެވޭނީ އޭރުންކަމަށް ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މި އަހަރުގެ ފަހު ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވީ މިއަދުގައެވެ.
އެ ޖަލްސާގައި ޖާބިރު ވިދާޅުވީ ޑީއާރްޕީގެ ރިޔާސީ ކެންޑިޑޭޓަކީ އޭނާ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި 2023 އަށް އޮތް ހަމައެކަނި ޗޮއިސްއަކީ ވެސް އޭނާ ކަމަށެވެ. ޗޮއިސްއަކަށް ވަނީ ކީއްވެކަން ބަޔާންކުރައްވަމުން ވިދާޅުވީ އޭނާއަކީ އެއްވެސް ގިރިއަކަށް ފަރަކަށް އަރާފައިނުވާ މީހެއް ކަމަށާއި, އޭނާއަކީ އެމްއެމްޕީއާރްސީ ޚިޔާނާތުގައި ޖެހިފައިވާ މީހެއް ނޫން ކަމަށެވެ.
ޖާބިރު ވަނީ ރައީސް ޔާމިން ހައްޔަރުކުރުން ވަރަށް އަވަސް ކުރަންޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ.
“އޭރުންތާ އިންތިޚާބަށް އަޅުގަނޑަށް އެކަނި ވާދަކުރެވޭނީ“
ޖާބިރު ވަނީ އޭނާއަށް ތާއީދުކުރުމަށް ވެސް ގޮވައިލައްވައިފައެވެ.
ހައްޔަރުކުރަށްވީ ފުރަތަމަ ޖާބިރު ނުބުއޔަސް ޔާމީނު ހައްޔަރު ނުކުރެވިގެން އެއުޅެނީ ސޯލިހުދެ ަަނަދައުރެންގެދަހިެތ ިިކަމުގާމިފަހުވެސް. އިންޑިޔާއެއޮތީނުކޯލިސަނާ މިހާރުވެސް ވެރިކަމަށްއެރީ ހަލާލު ޯޓ ަަކުންނޫނޭމުއައްސަސާތަކާ ކޯލިސަނުގެ ބޮޑުންގަނެލާގެންނ