ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަަ ނުފެންނަ ވޯޓަކަށް ދިއުމަކީ އެއްވެސް މީހަކަށް އިންކާރު ކުރެވޭނެކަމެއް ނޫންކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށާއި, ވޯޓުގެ ނަތީޖާއަކީ ރާއްޖޭގައި އޮންނަން ފެންނަ ނިޒާމަކީ ބަރުލަމާނީ ނިޒާމުކަމަށް ފާސްވެއްޖެނަމަ ޤާނޫނުއަސާސީއަށް އެ ބަދަލުތައް ގެނައުމަށް މާދަމާ އޮންނަ އެމްޑީޕީ ކޮންގްރެސްއަށް ނަޝީދު ޤަރާރެއް ހުށަހަޅުއްވާފައިވާއިރު, ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ނަޝީދު ހުށަހެޅުއްވި ޤަރާރު އަނބުރާ ގެންދަވަން ގޮވައިލައްވައިފައެވެ.
ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުން އެދޭ ރަނގަޅު ގޮތް އެނގޭނީ ހަމަ ރައްޔިތުންނަށް ކަމަށާއި އެ ގޮތް ހޯދޭނީ ފެންނަަ ނުފެންނަ ވޯޓަކުން ކަމަށެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީގެ ގިނަ މެންބަރުން އެދޭ ގޮތަކީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން އެ ފަދަ ވޯޓެއް ނެގުންކަމަށް ރައްޔިތުންގެ ގާތުގައި އެހުމަކީ އެކަކަށް ވެސް އިންކާރު ކުރެވޭނެކަމެއް ނޫން ކަމަށެވެ.
މިކަލޭގެ ބޭނުންވާހާ ކަމެއް ކުރަން ރައްޔަތުންގެ ފައިސާ މިލިއަނުން ޚަރަދު ކުރާކަށް ނުޖެހޭ. ދައުލަތް ހިންގުމުގެ ނިޒާމު ކަމުނުގޮސްގެން އުޅެނީ މީނަގެ އައުވާނުންނަށް އެކަނި.