ޗައިނާގެ އޮފީހެއްގައި މަސައްކަތް ކުރާ އަންހެން މީހެއް އޭނާގެ ކައިވެނީގެ ހަފްލާގައި އެކީގައި މަސައްކަތް ކުރާ މުވައްޒަފުން ނައުމުން ވަޒީފާއިން ވަކިވެއްޖެއެވެ.
ޗައިނާގެ މީޑިއާ ތަކުގައި ހާމަކޮށްފައިވާ ގޮތުގައި މި އަންހެން މީހާ ވަނީ އޭނާ އެކު މަސައްކަތް ކުރާ ޖުމްލަ 70 މީހުންއަށް ހަފްލާއަށް އައުމަށް ދައުވަތު ދީފައެވެ. ނަމަވެސް ހަފްލާއަށް އައިސްފައިވަނީ އެންމެ ފަރާތެއް ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.
ވަކި ބަޔަކަށް ދައުވަތު ދިނުމުން އެހެން މީހުން ދެރަވެދާނެ ކަމަށް ވިސްނި އޭނާ އޮފީހުގެ ހުރިހާ މުވައްޒަފުން ހިމެނޭހެން 70 މީހުން އަށް ދައުވަތު ދީފައިވަނީ ކައިވެނީގެ 2 މަސް ކުރިން ކަމަށް ވެސް ވަނީ ރިޕޯޓް ކޮށްފައެވެ. ހަފްލާގައި ބައިވެރި ނުވުމުގެ ސަބަބުން ގިނަ ކާއެއްޗެހި އިސްރާފްވެ އޭނާ އަށް އެންމެންގެ މަލާމާތް ރައްދުވެފައިވާ ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.
މި ހަބަރު ވައިރަލް ވުމާއި އެކު އެންމެ ދަނީ އެ އަންހެން މީހާއާއި އެކުގައި މަސައްކަތް ކުރާ މީހުންއަށް އޭނާގެ މުހިއްމު ކަމާއި އޭނާއަށް އެއްވެސް ގަދަރެއް ނުކުރާ ކަން ކައިވެނި ހަފްލާއިން ހާމަވެގެން ދާކަމަށްބުނެ އޭނާ އަށް ހިތްވަރު ދެމުންނެވެ.