އެސްޓީއޯއިން ވިއްކަމުން އަންނަ ތެލުގެ އަގު ކުޑަކޮށްފިއެވެ.
އެ ކުންފުނިން ރޭ ނެރުނު ބަޔާނެއްގައި ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަވަމުން ދިއުމާ ގުޅިގެން އެ ކުންފުނިން ވެސް މާދަމާއިން ފެށިގެން ތެކުގެ އަގު ކުޑަކުރަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން، 16.77 ރުފިޔާއަށް ލިބުނު ޑީސަލް ލީޓަރެއް މާދަމާއިން ފެށިގެން ލިބޭނީ 16.32 ރ. އަށް ކަމަށާއި 16.55 ރުފިޔާއަށް ލިބެމުން އައި ޕެޓްރޯލް ލީޓަރެއް ލިބޭނީ 15.97 ރުފިޔާއަށް ކަމަށް އެސްޓީއޯއިން ބުންޏެވެ.
އެ ކުންފުނިން ބުނީ ދުނިޔޭގެ ހާލަތު ބަދަލު ކޮވިޑާއި ރަޝިއާ- ޔޫކްރޭން ހަނގުރާމައާ ގުޅިގެން ފާއިތުވި ހަތް އަހަރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ނުއުފުލޭ ވަރަށް މިއަހަރު އުފުލުނު ކަމަށެވެ. އެހެންވެ، އެސްޓީއޯއަށްވެސް ތެޔޮ ފޯރުކޮށްދިނުމަށް ގޮންޖެހުންތަކާ ދިމާވި ކަމަށް އެ ކުންފުނިން ބުންޏެވެ