ރުޅި އައުމަކީ ކޮންމެ އިންސާނެއް ގައިގައި ވެސް ހުންނަ އިހުސާސެކެވެ. މި ކަމަކީ ވަކި އުމުރަކަށް އޮންނަ ކަމެއް ނޫނެވެ.
އެގޮތުން ބޮޑެތި މީހުން އެކޭ ވެސް އެއްގޮތަށް ބައެއް ކުޑަ ކުދިންއަކީ ވެސް ރުޅިގަދަ ކުދިންއެވެ. މި ކުދިން ކައިރިއަށް އަންނަ ރުޅި ކޮންޓްރޯލް ކުރުމަކީ ބެލެނިވެރީންއަށް އެހާ ފަސޭހަ ކަމަކަށް ގިނަ ފަހަރު ނުވެއެވެ. ކުދިންނަށް މިހެން ދިމާވަނީ އެކުދިންގެ ރުޅި ކޮންޓްރޯލް ކުރާނެ އިތުރު ގޮތެއް ނުވިސްނޭތީ އެވެ.
މި ފަދަ ކުދިންއާއި މަޑުމައިތިރި ކޮށް ވާހަކަ ދައްކާ ހެދުމުން ރުޅި ކޮންޓްރޯލް ކުރަން ދަސްވެގެން ދެއެވެ. ކުދިންއަށް ތައުރީފުކޮށް ރުޅި އައިސް އެކުދިން އުޅުމުން މައިންބަފައިން ދެރަވާކަން އެކުދިންއަށް ވިސްނާ ދޭށެވެ.
ލޯބިން ނުވަތަ ސަކަރާތް ޖެހެމުގެ ބޭނުމުގައި ވެސް އެކުދިން ރުޅި އެރުވުން ހުއްޓާލާށެވެ. އަދި އެކުދިންއަށް ފެންނަ ގޮތަށް މައިންބަފައިން ޒުވާބު ކޮށް ހެދުމުން ވެސް އެކުދިންއަށް އެކަމުގެ ނޭދެވޭ އަސަރު ކުރާތަން ގިނަ ފަރަހަށް ފެނިގެން ދެއެވެ.
އެކި ކަހަލަ ކަންކަމުގައި ވެސް އެކުދިންއަށް އެއްޗެހި ކިޔުމުގެ ބަދަލުގައި އެކުދިންއަށް ރަނގަޅު ގޮތް ބުނެދީ ހަދާށެވެ. ނުވަތަ ރުޅި ގަދަވާ ވަގުތު ތަކުގެ ކުއްޖާ ޝައުޤުވެރުވާ އެހެން ވާހަކައެއް ދައްކާ ހެދުމުން ވެސް ކުދިން ރުޅިއައި ކަންތައް ހަނދާން ނެތޭ ގޮތްވެއެވެ.