ބޮލީވުޑް ވަކި ބައެއްގެ ފިލްމުތައް ބޮއިކޮޓް ކުރަން ގޮވާތީ އަރުޖުން ކަޕޫރު ނުރުހުން ފާޅުކޮށްފިއެވެ.
އޭނާ ހާމަކޮށްފައިވާ ގޮތުގައި ބޮއިކޮޓް ކުރުމަށް ގޮވާލަމުން ދަނީ ބޮލީވުޑްގައި ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ ސީނިއާރ ފަންނާނުންގެ ފިލްމުތަކަށް ކަމަށާއި އެ ފަރާތް ތަކަކީ އެހެން މީހުން އިޙްތިރާމް ކުރަން ޖެހޭ ފަރާތް ތަކެއް ކަމަށެވެ.
އެކަމުގެ ސަބަބުން ޕްރޮޑިއުސަރުންއާއި ޑައިރެކްޓަރުން އަށް ފޫނުބެއްދޭ ވަރޔގެ ބޮޑެތި ގެއްލުން ތަކެއް ކުރިމަތި ވަމުން ދާކަމަށް ވެސް އޭނާ ވަނީ ފާހަގަ ކޮށްފައެވެ. އަދި މި ދަނޑިވަޅުގައި ބޮލީވުޑްގެ ފަންނާނުން އަނގަ ބަންދުނުކޮށް މިކަމަށް ހައްލެއް ހޯދަން ޖެހޭނެ ކަމަށާއި ވަކި ބައެއްގެ ފިލްމުތަކަށް އެހެން ހެދުމަކީ އިންސާފެއް ނޫން ކަމަށް ވެސް އަރުޖުން ވަނީ ހާމަކޮށްފައެވެ.
ކޯވިޑް 19 އަށް ފަހުގައި ބޮލީވުޑްގައި އަޅުވަމުންދާ ގިނަ ފިލްމުތަކެއް ބޮއިކޮޓް ކޮށް އެކަން ވަނީ ޓްރެންޑްއަކަށް ހަދައިފާ ކަމަށް ވެސް އަރުޖުން ވަނީ ހާމަކޮށްފައެވެ.