ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ވިދްޔާ ބާލަންގެ ކާމިޔާބު ފިލްމު “ ދަ ޑާޓީ ޕިކްޗާ “ ގެ ދެވަނަ ބައެއް ނެރެން ނިންމާފިއެވެ.
މީގެ 11 އަހަރު ކުރިން ނެރިފައިވާ މި ފިލްމުގެ އިތުރުން މި ފިލްމުގެ ލަވަތައް ވެސް ވަނީ އާއްމުންގެ ތެރޭގައި މަގުބޫލު ކަމެއް ހޯދައިފައެވެ.
އެކްތާ ކަޕޫރު ހާމަކޮށްފައިވާ ގޮތުގައި މި ފިލްމުގެ ބަތަލާ އަކަށް ފެނިގެންދާނީ ކަންގަނާ ކަމަށެވެ. ނަމަވެސް އަދި މި ފިލްމުން ފެނިގެންދާނެ ފަންނާނުން އާއި ޑައިރެކްޓަރ ވެސް ވަނީ ސިއްރު ކުރެވިފައި ކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ.
މި ފިލްމުގެ ދެވަނަ ބައެއް ނެރެން ހަމަ ޖެހިފައި ވަނީ އަންނަ އަހަރު ފަހުކޮޅުގައި ކަމަށް ވެސް ރިޕޯޓް ތަކުން ވަނީ ހާމަކޮށްފައެވެ. އެގޮތުން އަންނަ އަހަރު ކުރީކޮޅުގައި ފިލްމުގެ ޝޫޓިން ފަށާނެ ކަމަށް އެކްތާ ވަނީ ހާމަކޮށްފައެވެ.