ހއ. ހޯރަފުށީގައި ވެލްޑިން ކުރަން އުޅުމުގެ ތެރޭގައި ރެސިން ފީފާއެއް ގޮވައި، މީހަކު ފިހިއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފިހިފައިވަނީ އެރަށު ސެގޯފާ، އަހުމަދު މޫސާ އެވެ.
އަހުމަދު މޫސާއަކީ ރަށުގައި ވަރަށް ގަދައަށް ވެލްޑިން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ރަށުގެ ގިނަ ބަޔަކު ދަންނަ މީހެކެވެ.
މި ހާދިސާ ހިނގާފައިވަނީ ހަވީރު 17:58 އެހާކަންހާއިރު ކަމަށް ވާއިރު، ހާދިސާ ހިނގަން މެދުވެރިވީ ރެސިން ފީފާއެއް މަތީ ދަގަނޑުގަނޑެއް ބާއްވައިގެން ވެލްޑިން ކުރުމުގެ ތެރޭގައި ކަމަށް މައުލޫމާތުލިބެއެވެ.
ފީފާ ގޮވުމުގެ ސަބަބުން ފިހުނު މީހާ އަށް އިތުރުފަރުވާ ދިނުމަށް މިހާރު ވަނީ ކުޅުދުއްފުއްޓަށް ގެންގޮސްފަ އެވެ.