ބުރާސްފަތި, މާރޗް 23, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ރައްޔިތުންނަށް ކަންކަން އޮޅޭ އެންމެ ބޮޑު ސަބަބަކީ ސިޔާސީ ބޭފުޅުން ދެއިރު ދެގޮތަށް ވާހަކަ ދެއްކެވުން: ނަޝީދު

މުހައްމަދު އާސިފް ލިޔުނީ: މުހައްމަދު އާސިފް
އޯގަސްޓް 17, 2022
ޚަބަރު
3
ރައްޔިތުންނަށް ކަންކަން އޮޅޭ އެންމެ ބޮޑު ސަބަބަކީ ސިޔާސީ ބޭފުޅުން ދެއިރު ދެގޮތަށް ވާހަކަ ދެއްކެވުން: ނަޝީދު

ދެ ގޮތެއްނުވެ ހަމައެކަނި އެއް ގޮތަކަށް ބަރުލަމާނީ ނިޒާމުގެ ވާހަކަ މި ދައްކަވަނީ ހަމައެކަނި އެ މަނިކުފާނު ކަމަށާއި ނަމަވެސް ބައެއް ބޭފުޅުންގެ ބަސް ދެއިރު ދެ ގޮތަށް ބަދަލުވަމުންދާތީ ރައްޔިތުންނަށް ކަންކަން އޮޅޭ ގޮތް ވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެނައުމަށްޓަކައި ފެންނަ ނުފެންނަ ވޯޓެއް ނަގައި, އެ  ވޯޓުގެ ނަތީޖާއަކީ ރާއްޖޭގައި އޮންނަން ފެންނަ ނިޒާމަކީ ބަރުލަމާނީ ނިޒާމުކަމަށް ފާސްވެއްޖެނަމަ ޤާނޫނުއަސާސީއަށް އެ ބަދަލުތައް ގެނައުމަށް ހުށަހެޅުމަށް އެމްޑީޕީ ކޮންގްރެސްއަށް ނަޝީދު ވަނީ ޤަރާރެއް ހުށަހަޅުއްވައިފައެވެ. ނަމަވެސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ އެ ޤަރާރު އަނބުރާ ގެންދެވުމަށް ގޮވައިލައްވާފައެވެ. އަދި ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރައްވާކަމަށް ވެސް ވިދާޅުވެފައެވެ.

ނަމަވެސް ރައީސް ޞާލިޙް މީގެ ކުރިން ވަނީ ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވައި އެ ނިޒާމު ގެނައުމަށް މަސައްކަތް ކުރައްވާފައެވެ.

އެމްޑީޕީ ހަރުގޭގައި ބަރުލަމާނީ ނިޒާމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ނަޝީދު މިރޭ ވިދާޅުވީ އެ މަނިކުފާނަކީ ފެށުނީއްސުރެ ވެސް ބަރުލަމާނީއަށް ތާއީދުކުރާ މީހެއް ކަމަށެވެ. އަދި މި ވާހަކަ އެއް ގޮތަކަށް ދައްކާ ހަމައެކަނި މީހަކީ އެ މަނިކުފާނު ކަމަށެވެ.

ނަމަވެސް ނޫސްތަކުގެ ހެޑްލައިން ހެއްދެވުމަށްޓަކާ އެކިއެކި ސިޔާސީ ބޭފުޅުން ކުރިން ވިދާޅުވި ބަސްފުޅާ އިދިކޮޅަށް މިއަދު ބަސް ވިދާޅުވަމުންދާކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

”އަޅުގަނޑު އެދެން ރާއްޖޭގެ ރައްޔިތުން ފާހަގަކުރައްވަން ނުވަތަ ގަބޫލުކުރައްވަން.. އަޅުގަނޑު ނޫން އެހެން އެއްވެސް މީހަކު ނުހުންނާނެ ދެ ގޮތެެއްނުވެ ހަމައެކަނި އެއް ގޮތަކަށް މި ވާހަކަ ދައްކާ. މިއަދު ނޫސްތަކުގެ ހެޑްލައިން ހެއްދެވުމަށްޓަކާ އެކިއެކި ސިޔާސީ ބޭފުޅުން ބަސްފުޅު ވިދާޅުވޭ. އެހެންނަމަވެސް ވިދާޅުވެވެނީ ކުރީ ދުވަހުގެ ނޫހުގެ ހެޑްލައިނާ ކަނޑައެޅިގެން އިދިކޮޅަށް. އެ ބޭފުޅާ ވިދާޅުވެފާ އޮންނަ ބަސްތަކެއް.“

ރައްޔިތުންނަށް ކަންކަން އޮޅޭ އެންމެ ބޮޑު ސަބަބަކީ އެއީ ކަމަށާއި ދެ ފަހަރު ދެ ގޮތަށް ބަސްބުނެ ކަންކަން ކުރަމުން ގެންދާނަމަ ދެ ގޮތެއްނުވެ އަޒުމުގައި ނުތިބެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

Tags: ރައީސް މުހައްމަދު ނަޝީދު

ގުޅުންހުރި ލިޔުންތައް

ސިޔާސީ ބޭފުޅުން ފާޑުވިދާޅުވަނީ ރައީސް ޞާލިޙް ކޯޓުތަކަށް އަތް ނުބާނާތީ: ޝަރީފް

ޑިމޮކްރަސީއޭ ކިޔައިގެން ނަޝީދު ދައްކާ ވާހަކައަކީ ވެރިކަން ހޯދަން ބޭނުންކުރާ އުކުޅެއް: ޝަރީފް

މާރޗް 23, 2023
ބަނގުރޫޓު ވެފައިވާ ލަންކާ: ވޯލްޑް ބޭންކުން 400 މިލިއަން ޑޮލަރު ދީފި

ޖޭޕީގެ ވެރިން ދަނީ އެމްޑީޕީ ރޫޅައިލުމުގެ މަސައްކަތަށް ހިތްވަރުދެމުން: މޫސަ

މާރޗް 23, 2023
ޓޫރިޒަމް ބޫމްއެއްގެ ވާހަކަ ދައްކާއިރު، ރިސޯޓު މުވައްޒަފުންގެ ޤުރުބާނީ ހަނދާން ކުރަންޖެހޭ: ޢަލީ

ކާށި އިމްޕޯޓު ކުރަންޖެހޭ ހިސާބަށް ދިޔައިމާ ގައުމު މިއޮތީ ސޮއްސާލައިގެން ގޮސްފައިކަން ޔަގީންވޭ: ޢަލީ

މާރޗް 23, 2023
ޖަމާއަތަށް އަރާފައި ފައިބަންދެން ވެހިކަލް ޕާކްކޮށްލާފައި ބޭއްވުމަކީ ސްޓިކަރ ޖަހަންޖެހޭ ކަމެއްނޫން: މޭޔަރު

ޖަމާއަތަށް އަރާފައި ފައިބަންދެން ވެހިކަލް ޕާކްކޮށްލާފައި ބޭއްވުމަކީ ސްޓިކަރ ޖަހަންޖެހޭ ކަމެއްނޫން: މޭޔަރު

މާރޗް 23, 2023

ކިޔުންތެރިންގެ ޚިޔާލު 3

  1. Kaidhaa says:
    7 months ago

    Thiya kamugai emme kureega huri mee hakee hama thiya meehaa . Emme fahun dhekki photo gandu ge vaahaka ah balaa gudo gudo thimaage vaa haka thiya dhakka nee

    Reply
  2. Veriyaa says:
    7 months ago

    މީދެން ކާކު.. ގައުމަށްޖެހިފަ އޮތް ބަލާ މުސިބާތެއް މީ.. މީނަ އާއި މައުމޫނު އާއި ހެދި ނެތް މިގައުމުގަ އެހެން މީހަކަށް ނޭވާވެސް ލެވޭކަށް… ސިޔާސީ ހުރިހާ އެއްޗިހިން ވެގެން މުޅި ގައުމު ފަސާދަ ކޮށްފި އަދިވެސް ތިބޭ ވާނުވާގަ އަތްޖަހަން.

    Reply
  3. ޮޑުގުދުބެ says:
    7 months ago

    ގުދޯގުދޯ ގޮވަނީ

    Reply

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    ޒޯޔާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި

    0 shares
    Share 0 Tweet 0
  • މިކަންކަން ދިމާވާނަމަ ތިޔައީ ލޯބިވެރިޔާ އަށް މުހިއްމު މީހެއް ނޫން

    0 shares
    Share 0 Tweet 0
  • ވިލިމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިއްޖެ

    0 shares
    Share 0 Tweet 0
  • މަރާލާފައިވާ އަންހެނެއްގެ ހަށިގަނޑު ރޭލު ސްޓޭޝަނެއްގައި ބަހައްޓާފައި ހުރި ކުނިއަޅާ އެއްޗެއްގެ ތެރެއިން ފެނިއްޖެ

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In