ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފުލެޓެއްގައި އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފުލެޓެއްގައި ދެ ފިރިހެނަކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް މިރޭ ވަނީ ޢާންމުވެފައެވެ. އެ ވީޑިއޯ ޢާންމުކޮށްފައިވަނީ ހިޔާ ފުލެޓެއްގައި ދިރިއުޅޭ މީހެކެވެ.
އެނގިފައިވާ ގޮތުން އެ އަމަލު ހިންގާފައިވަނީ H07 ގެ 10 ވަނަ ފަންގިފިލާގައި ހިމެނޭ އެޕާޓްމަންޓެއްގައެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ދެ ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މީހުންގެ ޤައުމެއް ހާމައެއް ނުކުރެއެވެ. ފުލުހުން ބުނީ އެ މައްސަލަ ތަޙްޤީޤުކުރަން ފަށާފައިވާ ކަމަށެވެ.
Hama hairaan vejje, Hiya fulet thah dhiveheen nah nudhee bidheyseen dhiriulhen Chinese kaaku tha kon beynumeggaa tha? Hiya fuletu thakugaa bidheyseen dhiriulhen jehey sababeh neygunu.., pis pi’s meeves Hama raees Iburaahimegge madumaithiri kamaa riveting Akhulaage thoa??