ޕާކިސްތާންގެ މުސްލިމް އާއިލާއަކަށް ނިސްބަތްވާ ޓިކްޓޮކްތަރި ސާނިއާ ޙާން އޭނަގެ ކައިވެނި ނިމުމަކަށް ގެނައި ވާހަކަ ޓިކްޓޮކްގައި ހިއްސާ ކުރުމުން އޭނަގެ ކުރީގެ ފިރިމީހާ ބަޑި ޖަހައި ސާނިއާ މަރާލައިފިއެވެ.
އެގައުމުގެ ފުލުހުންއާއި ހަވާލާދީ ހާމަކޮށްފައިވާ ގޮތުގައި ސާނިއާގެ ކުރީގެ ފިރިމީހާ ރަހީލް އަހުމަދު ވަނީ 700 މޭލު ދަތުރު ކުރުމަށް ފަހުގައި ސާނިއާ ދިރިއުޅެމުންގެންދާ ގެއަށް ގޮސް، ބަޑި ޖަހައި މަރާލައިފައި ކަމަށެވެ. އަދި ފުލުހުންއަށް އެތަނަށް ދެވުން އިރުގައި އަހުމަދު ވެސް ވަނީ ބަޑި ޖަހައި އަމިއްލައަށް މަރުވެފައި ކަމަށެވެ.
ކައިވެނީގެ ގުޅުން ނިމުންތާ ދެ މަސް ފަހުން ސާނިއާ ވަނީ ސައުތު އޭޝިއާގައި އަންހެނަކު ވަރި ވުމަކީ އެންމެންގެ މަލާމާތާއި ފުރައްސާރަ ކުރިމަތި ކުރުވާ ކަމެއް ކަމަށާއި ދިރިއުޅުމުން ފެއިލް ވެފައިވާ މީހެއް ކަމަށް އެހެން މީހުން ސިފަ ކުރަމުން ދާކަމަށް އޭނާގެ ޓިކްޓޮކް މެދުވެރިކޮށް ހާމަކޮށްފައެވެ. އެކަމުގެ ސަަބަބުން ގިނަ އަންހެނުން އެތައް އަނިޔާއެއް ކުރިމަތިވާ އިރުވެސް ކެތް ކުރަނީ ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.
އުމުރުން 29 އަހަރުގެ ސާނިއާގެ ޓިކްޓޮކް ވައިރަލް ވުމާއި އެކު އާއިލާގެ އެކި މެންބަރުން އޭނާއަށް އެއްޗެހި ކިޔާ ކަމަށާއި އަންހެނުންގެ ހައްޤު ތަކުގެ ވާަހަކަ ދެއްކުމަކީ އެންމެން ވެސް ކުރަން ޖެހޭނެ ކަމެއް ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ. ނަމަވެސް ޓިކްޓޮކްއާއި އެކު އެތައް ބައެއްގެ ލޯތްބާއި ހިތްވަރު އޭނާ އަށް ދިޔައީ ލިބެމުންނެވެ.
އޭނަގެ ރައްޓެހިންނާ ހަވާލީ ހާމަ ކުރާ ގޮތުގައި ސާނިއާ އަކީ އަބަދުވެސް ވަރަށް އެހެން މީހުން އާއި ގުޅިގެން އުޅޭ ކުއްޖެއް ކަމަށެވެ. އަދި ސާނިއާ ކުރީގެ ފިރިމީހާ އާއި ކައިވެނި ކޮށްފައިވަނީ 5 އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހުގައި ކަމަށާއި އެގުޅުމުގެ ގިނަ ދުވަސް ތަކަކީ ދުރުގައި އުޅުން ދުވަސްތައް ކަމުން އެކަކު އަނެކަކުގެ މިޒާޖު ދަސްނުވާ ކަމަށް ވެސް ވަނީ ހާމަކށްފައެވެ. އަދި ފިރިމީހާއަކީ ސިކުނޑީގެ މައްސަލަ ހުންނަ މީހެއް ކަމާއި ހުރިހާ ކަމެއް ހާމަވީ ކައިވެންޏަށް ފަހުގައި ކަމަށް ވެސް ވަނީ ހާމަ ކޮށްފައެވެ.