ބިގް ބޮސްއިން މަގުބޫލުކަން ހޯދާފައިވާ ޝެހެނާޒު ގިލް އަކީ އާންމުންގެ ތެރޭގައި މަޤްބޫލުކަން ހޯދައިފައިވާ ފަންނާނެކެވެ.
ސަލްމާން ޙާންގެ ކަބީ އީދް ކަބީ ދިވާލީ އިން ޝެހޭނާޒު ބޭރުކޮށްފި ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރުމާއި އެކު ޝެހެނާޒު ވަނީ އެކަމަށް ހޫނު ރައްދެއް ދީފައެވެ.
އެގޮތުން މި ކަހަލަ ދޮގު ވާހަކަ ތަކަކީ އޭނާއަށް މަޖާ ކަމަކަށް ވެއްޖެކަމަށާއި އޭނަގެ ދިރިއުޅުމުގެ ކަންތައް އޭނާއަށް ވުރެ ބޮޑަށް އެހެން މީހުން އަށް އިނގޭ ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ. އެފަދަ ވާހަކަ ތަކަކީ އެހެން މީހުންގެ ސަމާލުކަން ހޯދަން ކުރާ ކަންތައް ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.
އަދި ފިލްމުން އޭނާ ވަކި ކޮށްފައި ނުވާ ކަމަށާއި ފިލްމުގެ މަސައްކަތް ވަރަށް އަވަަހަށް ފަށާނެ ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ. އަދި ބެލުންތެރިންއާ ހަމަ އަށް ފިލްމު ގެނައުމަށް އޭނާ ވެސް ކެތްމަދުވެފައިވާ ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.