ހ.ޝީރީންވިލާގެ ނުވަވަނަ ފްލޯގައި އަނިޔާވެރި ގޮތަކަށް ޏ.ފުވައްމުލަކު، ކުރި، ޝިއާއު މުޙައްމަދު ސަޢީދު (ޝިއާ) މަރައިލި މައްސަލައިގެ ފުރިހަމަ ތަޙްޤީޤެއް ހިންގައި، އެ ޖަރީމާ ހިންގި ފަރާތްތަކަށް ދޭންޖެހޭ ޙައްޤު އަދަބު ދިނުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ގޮވާލައިފިއެވެ.
ހ.ޝީރީންވިލާގެ ނުވަވަނަ ފްލޯގައި އަނިޔާވެރި ގޮތަކަށް ޝިއާ މަރައިލީ މިދިޔަ ހޮނިހިރު ދުވަހުގެރޭގައެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ އެ ޢަމަލު ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށާއި, އަދި އެ ލާއިންސާނީ ޢަމަލާމެދު ހިތާމަކޮށް ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ ކޮންމެ ފަރުދަކަށް ލިބިފައި އޮންނަންޖެހޭ ދިރިހުރުމުގެ ޙައްޤާއި ކޮންމެ ނަފުސަކަށް އޮންނަންޖެހޭ ރައްކާތެރިކަން ކަށަވަރުވެފައި އޮންނަންޖެހޭ ކަމަށެވެ.
މީގެ އިތުރުން ޝިއާގެ މަރުގެ މައްސަލައިގެ ފުރިހަމަ ތަޙްޤީޤެއް ހިންގައި އެ ޖަރީމާ ހިންގި ފަރާތްތަކަށް ދޭންޖެހޭ ޙައްޤު އަދަބު ދިނުމަށް ވެސް ފުވައްމުލަކު ސިޓީ ކައުންސިލުން ވަނީ ގޮވައިލާފައެވެ.
އެއީ ބައިވަރު މީހުން ަަހިންގި ގަތުލެއްތަ؟