މާލޭ ސިޓީ ކައުންސިލްގެ ވިލިމާލޭ ލޯކަލް މާރުކޭޓުން ގޮޅި ކުއްޔަށް ހިފަން އެދޭ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
އެ ގޮތުން ވިލިމާލެ ލޯކަލް މާރުކޭޓް/ ވިލިމާލެ ފެރީ ޓަރމިނަލްގެ ހުޅަނގު ދެކުނުގެ 20 ގޮޅީގެ ތެރެއިން ގޮޅިއެއް ދޫކުރާނީ މަހަކު 1050 ރުފިޔާއަށެވެ. އަދި އެ ތަން ކުއްޔަށް ދޫކުރާ މުއްދަތު 01 އަހަރު ދުވަހުގެ މުއްދަތަކަށެވެ.
ސިޓީ ކައުންސިލުން ބުނީ ލޯކަލް މާރުކޭޓުން ގޮޅި ދޫކުރެވޭނީ އުމުރުން 18 އަހަރުން މަތީގެ މާލެ ސިޓީގައި ދިރިއުޅޭ،ދިވެހި ރަށްވެހީންނަށް ކަމަށާއި, ކޮންމެ ފަރާތަކަށްވެސް ފޯމް ލެވޭނީ އެއްގޮޅިއަށް ކަމަށެވެ.
އެ ގޮތުން ގޮޅި ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން މާދަމާއިން ފެށިގެން 25 އޮގަސްޓް 2022 ގެ ނިޔަލަށް ފޯމް ހުށަހެޅޭނެއެވެ.
ފޯމް ބަލައިގަންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 14:00 އަށް މާލެސިޓީ ކައުންސިލްގެ ވިލިމާލެ ސެކްޝަން އޮފީހުންނެވެ.