ފަނޑިޔާރު މަގު ހިމެނޭ ސަރަހައްދުގެ ޓުރެފިކަށް ބަދަލު ގެނެސްފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ ފަނޑިޔާރު މަގުގައި މިހާރު އެއްގަމު އުޅަނދު ދުއްވުމަށް ހަމަޖެހިފައިވާ އުސޫލަށް ބަދަލު ގެނައުމަށް ނިންމާފައިވުމާއެކު ހޯމަދުވަހުން ފެށިގެން ފަނޑިޔާރު މަގު ހުޅަނގުން އިރަށް އެއްކޮޅަށް ދުއްވޭގޮތަށް ވަނީ ބަދަލުގެނެވިފައެވެ.
“ވީމާ އެއްގަމު އުޅަނދު ދުއްވާ އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.“ ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނުގައިވެއެވެ.
ފަނޑިޔާރުމަގުގެ ވަކި ހިސާބަކަށް ކުރިން ދެކޮޅަށް ދުއްވެއެވެ. ނަމަވެސް މީގެކުރިން އެކި ފަހަރު މަތިން އެ މަގުގެ ޓްރެފިކަށް ބަދަލުގެނެސްފައިވެއެވެ.