އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތައް ނުވަތަ ލިވާތުކުރާ މަންޒަރު ފެންނަ ވީޑިއޯތައް ޢާންމުނުކުރުމަށް ޖަމްޢިއްޔަތުއްސަލަފުގެ އޮޕަރޭޝަންސް މެނޭޖަރު ޢަލީ ރަމީޒް ގޮވާލައްވައިފިއެވެ.
ޢަލީ ރަމީޒް މިއަދު ވިދާޅުވީ ވީޑިއޯތައް ރިލީޒްކުރުމުން ފަޟީހަތްވެ ލަދުވެތިކަމާ ކުރިމަތިލާންޖެހެނީ އެ ވީޑިއޯއެއްގައި ފެންނަ މީހުން އެކަނި ނޫން ކަމަށެވެ. އަދި ޢާއިލާގައި ތިބި ކުދިބޮޑު އެތައް ބަޔަކަށް ލިބޭ ލަދުވެތިކަމުގެ ސަބަބުން ނަފްސާނީ ބަލިމަޑުކަމެއް އެ މީހުންނަށް އެބަ ކުރިމަތިވާ ކަމަށެވެ. އެއީ އެތައް ބަޔަކަށްދެވޭ ވަރަށް ބޮޑު އަނިޔާއެއްކަމަށް ވެސް ޢަލީ ރަމީޒް ވިދާޅުވިއެވެ.
”އަނެއްކޮޅުން އެ ވީޑިއޯތައް ޢާންމުކުރުމުން މުޖުތަމަޢުގައި ފާހިޝް ކަންކަން ލުއިވެގެން އެބަދޭ. ޤައުމުތައް ހަލާކުކޮށްލަން ބޭނުންކުރާ އުކުޅުތަކަށް ބަލާއިރު މީވެސް ބައެއްގެ އެޖެންޑާއެއްކަމަށް ބެލެވޭ.“
އެހެންކަމުން މަތިވެރި އިލާހަށް ބިރުވެތިވެ މިފަދަ ފާހިޝް އެއްޗެހި ނުފެތުރުމަށް ގޮވައިލާކަމަށް ޢަލީ ރަމީޒް ވިދާޅުވިއެވެ.
ހުރިހާ ކަމަކާ ބެހެން މީކާކު ހެއްޔެވެ؟ ދުވަހަކުވެސް ވޯޓަކުން މަގާމެއް ޅިބުނު ނޫނީ ކަމަކުން ކިޔަވައިގެން ޕީއެޗްޑީ އެއް ނަގައިގެން ޙުރި މީހެއް ހެއްޔެވެ؟ ފެންވަރު އޮޅުމަކީ ދީނުގައިވެސް ހުއްދަކަމެއް ނޫނެވެ.