ބޮޑެތި ކުށްތައް އާންމުވަނީ ޤާނޫނު ތަންފީޒުކުރުމަށް ވެރިންގެ އިޚްލާސްތެރިކަން ނެތީމާކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެެއެވެ.
ޝިޔާމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މުޖުތަމަޢުގައި ހިނގާ ބޮޑެތި ކުށްތައް އާންމުވަނީ ޤާނޫނު ނެތިގެން އަދި ޤާނޫނު ހަރުކަށި ނުވެގެނެއްނޫން ކަމަށެވެ. އެ ޤާނޫނުތައް ތަންފީޒު ނުކުރެވެނީ ވެރިންގެ އިޚުލާސްތެރިކަން ނެތުމުންކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ތަޙުޤީގީ އިދާރާތަކުން ފެށިގެން މުޅި ނިޒާމު ކޮރަޕްޓުވެފައިވާއިރު، ހޯދާ ހެއްކާ، ހެކި ހޯދާގޮތާ ޗެއިން އޮފް ކަސްޓަޑީ ދުވަހަކު ވެސް ފުރިހަމަނުވާ ކަމަށެވެ.
އަދި އެ ކަންކަމަށް އޮތް ހައްލަކީ އިސްލާމީ ޝަރީޢަތް ޤާއިމުކުރުންކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޔާމީނުގެވެސް އިޚްލާސްތެރި ކަމެއް ނެތިގެން ކުއްެވެރިން ނުހުއްޓެވުނީކަމަަްް ސޭބޯ ޝިޔާމް ވެސް އެއްބަސްވޭ ވަރަށް ވަރަށް ސާފް އެހެންނު