ހައިކޯޓުގެ ފަނޑިޔާރުގެ މަޤާމަށް އަލްއުސްތާޒާ ދީބާނާޒް ފަހުމީއާއި އަލްއުސްތާޒް މުޙައްމަދު ސަލީމް މިއަދު އައްޔަންކޮށްފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ދެ ބޭފުޅުންނަށް ހުވާ ލައިދެއްވީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުޢޫދެވެ.
މެލޭޝިޔާ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ޤާނޫނީ ރޮނގުން ބެޗްލާ އޮފް ލޯ (އޮނާސް) ހާސިލު ކުރައްވާފައިވާ ދީބާނާޒް އަކީ ޝަރުޢީ ދާއިރާގައި 17 އަހަރު މަސައްކަތް ކުރައްވައިފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އައްޔަންކުރިއިރު އޭނާ ހުންނެވީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގައެވެ.
ސަލީމަކީ ކުއްލިއްޔަތުއް ދިރާސަތުލް އިސްލާމިއްޔާއިން ބެޗްލާސް ޑިގްރީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. ސަލީމަކީ
ހައިކޯޓުގެ ލީގަލް އޮފިސަރުގެ މަޤާމުގައި 12 އަހަރު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.