އެކި ކުންފުނިތަކުގެ ނަމުގައި ފޭކް ބުކިން ހައްދައިގެން ގެސްޓު ހައުސްއަކަށް ޗެކިންވި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ހައްޔަރުކުރީ ގދ.ފަރެސްމާތޮޑާ/ޗަނބޭލީގޭ އިޝްފާއު ޢަބްދުﷲ މުފީދާއި, އެ ރަށު ސަންރައިޒް, ޠާއިފް ތަޢުފީޤެވެ.
އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ފަސް ދުވަސް ޖަހައިފައެވެ.
އެ ދެ މީހުން ބަންދުގައި ބައިތިއްބަން ނެރުނު ކޯޓު ޢަމުރުގައި ވަނީ އެ ދެ މީހުންގެ މައްޗަށް ތުހުމަތުކުރެވޭ ކުށް ކުރިކަމަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ.