ލިވާތުގެ ވީޑިއޯތައް ޢާންމުކޮށް އެ ކަން ”އެއްގޯސްކުރަން“ މަސައްކަތްކުރި މީހުން ފޮރުވައިގެން ނުވާނެކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ވައްޑެ މިހެން ވިދާޅުވީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކުރެެއްވި ޓުވީޓަކަށް ކުރެއްވި ރިޕްލައިގައެވެ.
ޑރ.ޝަހީމްގެ ޓުވީޓުގައި، ޤާނޫނު ހިންގަންވާނީ އެއް ހަމައަކުން ކަމަށާއި، ރުޅި އަންނަ މީހާއާ ދެކޮޅަށް އެކަންޏެއް ނޫންކަމަށް ވިދާޅުވެފައިވާތީ ވައްޑެ އެކަމަށް ތާއީދު ކުރެއްވިއެވެ.
ވައްޑެ ވިދާޅުވީ އަދި ހަމަ މި ގޮތަށް ރޭވި އިންތިޒާމުވެގެން އެ ކަންކަން ކުރުވައި، ވީޑިއޯކޮށް، އެ ތަކެތި ބޭނުންކޮށްގެން ބްލެކްމެއިލްކޮށް މިލިއަނުން ފައިސާ ނަގައި، މުޅި މުޖުތަމައުގައި އެ ތަކެތި ޢާންމުކޮށް އެކަން ”އެއްގޯސްކުރަން“ މަސައްކަތްކުރި މީހުން ފޮރުވައިގެން ނުވާނެ ކަމަށެވެ.
ނަމަވެސް ލިވާތުކުރިކަމުގެ ތުހުމަތުކުރެވޭ މީހުންނަށް ފިޔަވަޅު އަޅާ ވާހަކައެއް އޭނާގެ ޓުވީޓުގައި ފާހަގަކުރައްވައިފައެއް ނުވެއެވެ.
އަވަހަށް ޝަރީޢަތްހިންގައި ، އިސްލާމީޝަރީޢަތުގައިވާ ގޮތުގެމަތިން ޢަދލުވެރި ޙުކުމް ކުރައްވައި ޙުކުމް ތަންފީޒުކުރުން އަވަސްކުރައްވައި ،އަންސާފު ޤާއިމުކުރުން މުހިންމު.