ބައިނަލްއަޤްވާމީ ޔޯގާ ޑޭ ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ ގުޅިގެން ހިންގި ހަމަނުޖެހުންތަކުގައި ބައިވެރިވިކަމަށް ތުހުމަތުކޮށް ހައްޔަރުކުރި މީހުންގެތެރެއިން ހަތަރު މީހަކު ދޫކޮށްލައިފިއެވެ.
ފުލުހުން ބުނީ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހެއްގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރުކުރުމުން އެ މީހުން ދޫކޮށްލާފައިވާ ކަމަށެވެ. އެ މީހުން ދޫކޮށްލީ ޝަރުތުތަކަކާއެކު އެވެ.
ޔޯގާއާ ދެކޮޅަށް ހަރަކާތް ހިންގި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން މިހާރު ބަންދުގައި ތިބީ 15 މީހެކެވެ.
ޔޯގާ ހަރަކާތާ ގުޅިގެން ޝައިޚް އާދަމް ނިޝާނާއި އައްޝައިޚް ފަޟްލޫން މުޙައްމަދު ވެސް ހައްޔަރުކުރިއެވެ. އެ ދެ ބޭފުޅުންނަށް ވެސް ޝަރުތުކުރުމަށްފަހު ވަނީ ދޫކޮށްލައިފައެވެ.