ރާއްޖޭގައި ރަނގަޅުކުރަން ޖެހޭ ބައިވަރު ކަންތައްތަކެއް ހުއްޓަސް އެ ކަންތައްތައް އިސްލާހުކުރަން މަސައްކަތް ކުރަނީ ކޮން ބައެއްތޯ ހޯމް މިނިސްޓަރު އިމްރާން މިއަދު ސުވާލު އުފައްދަވައިފި އެވެ.
މިނިސްޓަރ އިމްރާން ކުރެއްވި ޓްވީޓުގައި ވިދާޅުވީ ގައުމެއްގެ ހާލަތު ރަނގަޅު ވާނީ ވެސް ނުވަތަ ނުބައި ވާނީ ވެސް އެ ބަޔަކު އަމިއްލައަށް ހާލަތު ބަދަލުކުރުމުން ކަމަށެވެ. ރާއްޖޭގައި ރަނގަޅު ނުވަތަ އިސްލާހުކުރަން ހުރި ކަންކަން ވަރަށް ގިނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އިމްރާން އެފަދައިން ވިދާޅުވެފައި މިވަނީ ރާއްޖެ ފަދަ މުސްލިމް ގައުމެއްގައި އިސްލާމްދީނުގައި ނަހީ ކުރައްވާފައިވާ އެތައް އަމަލެއް ރާއްޖޭގެ މުޖުތަމައުގައި ފެތުރި، އެކަމުގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.
އެގޮތުން ބަންގްލަދޭޝް ފިރިހެނަކާއެކު ގިނަ އަދަދެއްގެ ދިވެހިން އެއްޖިއްސުން ގުޅުން ހިންގި މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. މީގެތެރޭގައި ބައެއް މީހުން ވަނީ ގްރޫޕް ހަދައިގެން އެއްޖިއްސުން ގުޅުން ހިންގައިފައެވެ. އެ މީހުންގެ މައްސަލަތައް ފުލުހުން ތަހުގީގު ކުރަމުން އަންނައިރު އެ މައްސަލާގައި ބައެއް މީހުން ވަނީ ހައްޔަރު ވެސް ކޮށްފައެވެ.
އެހެންނަމަވެސް ހަމަ އެކަމުގައި ޝާމިލުވެފައިވާ މީހުން ތަހުގީގު ހިންގަމުން ދަނިކޮށް ވަނީ ރާއްޖެއިން ބޭރަށް ގޮސްފައެވެ.
މީގެއިތުރުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި މާލޭގެ ގެއެއްގައި ޒުވާން އަންހެނަކު ވަނީ ވަރަށް އަނިޔާވެރިކޮށް މަރާލައިފައެވެ. ހައްގަކާއި ނުލާ މީހުން މެރުން ރާއްޖޭގައި އާއްމުވެފައި ވާތީ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އަންނަނީ އިސްލާމީ ޝަރީއަތް ރާއްޖޭގައި ގާއިމްކޮށް މަރުގެ އަދަބު ދޭން ގޮވާލައިފައެވެ
ކަލޭމެންތިތާތި ތިބެނީއިސްލާހުކުރާކައްނޫންތަ. ހަމައެކަނިމުސާރަކެއަކަސްރަގަޅެއްނުވާނެ