މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތުގެ މޭސްތިރިއަކީ ކުރީގެ ރައީސް ޔާމީން ކަމަށާއި އެ ޚިޔާނާތް ހިންގާކަން ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ، ޔާމީނާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ހެކިބަސް ދެއްވައިފި އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީން ހިންގި ފުރަތަމަ އެފަދަ މުއާމާލަތަކީ އެމްއެމްޕީއާރުސީ އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް) ހެދި އެއްބަސްވުމެއްގެ ދަށުން ޑޮލަރު ގަތުމަށް ކަމަށް ބުނެ ފަސް މިލިއަން ޑޮލަރަށްވާ ރުފިޔާ އެމްޕީއެލްއިން ނެގުމެވެ.
އެ ފައިސާ އަދީބު ނެގިކަން އެނގުމުން 2014 ގައި ޔާމީނާ ބައްދަލުކޮށް، އެ ވާހަކަ ދަންނަވާފައިވާނެ ކަމަށާއި އަދި ނެގި ފައިސާތަކުގެ އިތުރުން ފައިސާ ޖަމާވި އެކައުންޓްތަކުގެ ތަފްސީލުތައް ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ އޭގެ ތެރެއިން 2.5 މިލިއަން ޑޮލަރު ޖަމާވީ ރިޔާސީ އިންތިޚާބުގައި ޔާމީނަށް ފައިސާ އެހީ ދެއްވި ވިޔަފާރިއެއްގެ އެކައުންޓަށް ކަމަށެވެ. އެހެންވެ، އެމްޕީއެލްއިން ފައިސާ ނެގީ ޔާމީނަށް އިންތިޚާބުގައި ވިޔަފާރިވެރިން ދިން ފައިސާ އަނބުރާ ރައްދުކުރަން ކަމަށް އޭނާ އެނގުނު ކަމަށް ވިދާޅުވި އެވެ.
ބޮޑުވަގު ބޮޑުވަގު ބޮޑުވަގު އަދިވެސް ވެރިކަމަށް އަންނަން އެބައުޅޭނު! ރާއްޖޭގައި ޢަދިވެސް ނުވިއްކާހުރި ފަޅަކަސް ރަށަކަސް މިފަހަރު ވިއްކާލާނެކަން ޔަގީނެވެ. މީނަކައިރީ މީނައަށް ވެރިކަން ހޯދަދޭންވެސް މިއުޅެނީ މީގެ ކުދި ވަގުންތަކެކެވެ.
ތިޔަ ޝަރީއަތަށް ދުވަހަކު ސާބިތު ނުވިޔަސް އަހަރުމެން ޢެންމެންނަށްވެސް ޔާމީނަކީ މިދިވެހިރާއްޖެ ނުދެކޭވަރުގެ ބޮޑު މުލު ޢެއްކަން އެގެއެވެ. އަދި މިއަދު އޭނަގެ ފަހަތުގައި މިތިބީވެސް އޭގެ ކުދިކުދި އެއްޗެހިތަކެއް ކަންވެސް އެގެއެވެ. އެހެނަސް ގިނަ ދިވެހިންނަކީ މުއުމިނުންނެވެ. އިރާދަ ކުރެއްވިއްޔާ އެއްހަރަކުން ދެފަހަރު ކައްޓެއް ނުޖެހޭނެއެވެ.
ޔާމީނާކި މި ދިވެހި ފަސްގަޑު ނުދެކޭފަދަ ބޮޑު ވާވު އެއްކަން އެންމެންނަށަވެސް އެގެއެވެ. މިހާރު ފޫބުޑުން މިއެބުރަެ ގިނަ މީހުންނަކީވެސް މީނައަށް ވެރިކަން ލިބިއްޖެނަމަ، ތިމާމެންނަށްވެސް އެ ފަުރުސަތު ކުރީގައިހެން ފަހިވާނެކަން އެގޭތީ އުޅޭ މީހުންނެވެ. ﷲ އެފަދަ ފުރުސަތެއް ދެން މި ދިވެހިރާއްޖެއަށް ނުދެއްވާށިއެވެ. އާމީން