ބޮލުން އިސްތަށި ފޭބުމަކީ މިއަދު ގިނަ ބަޔަކު އެކަމާއި ނުހަނު ކަންބޮޑުވާ ކަމެކެވެ. ހާއްސަކޮށް ފިރެހެނުންނެވެ. ބޯ ތަލަ ވެދާނެ އަތީ އެކަމާ ވިސްނާ ފިކުރު ކުރާ އެތައް ފިރެހެނުން އެބަ ހުއްޓެވެ.
ބޮލުގައި އެކި ކަހަލަ ކެމިކަލް އިން އުފައްދާފައިވާ ކުލަ ޖެއްސުމާއި އިސްތަށިގަނޑުގައި ފަންކުރާ ބޭސް އުނގުޅުން ފަދަ ކަންކަމަކީ ބޮލުން އިސްތަށި ފައިބަން މެދުވެރިވާ އެންމެ މުހިއްމު އެއް ސަބަބެވެ.
ބޮލުން އިސްތަށި ފޭބުމަކީ ވަރަށް ކުޑަ ކުޑަ ހަރަދަކުން ވެސް ހައްލު ކުރެވިދާނެ ކަމެކެވެ. އެގޮތުން ކުކުޅު ބިހަކީ އިސްތަށިގަނޑަށް އެތައް ފައިދާ އެއް ލިއްބައިދޭ އެއްޗެކެވެ. ކުކުޅު ބިހުގައި އެކުލެވޭ ޕްރޮޓީންއާއި ސަލްފަރގެ ސަބަބުން އިސްތަށީ ފޭބުމުގެ އިތުރުން އިސްތަށި އިތުރުކޮށްދީ ހަންފޮޅުން ހުއްޓުވުމަށް މުހިއްމު ރޯލެއް އަދާ ކުރެއެވެ.
އެގޮތުން ކުކުޅު ބިސް ރަނގަޅަށް ގިރާލައިގެން އިސްތަށިގަނޑުގައި ބިސް ހާކާލައިގެން 20 މިނެޓާއި، 30 މިނެޓް ބަހައްޓަންޖެހެ އެވެ. އަދި ފިނިފެނުން ދޮވެލާށެވެ. އަދި 10 މިނެޓް މަޑުކޮށްލުމަށް ފަހު، ޝޭމްޕޫލައިގެން ރަނގަޅަށް އިސްތަށިގަނޑޫ ދޮވެލާށެވެ. މިގޮތަށް ހަފްތާއަކު 2 ދެފަހަރު ބޭނުން ކުރުމުން ނަތީޖާ ވަރަށް އަވަހަށް ފެނިގެންދާނެއެވެ.