މަތިވެރި އިލާހުގެ ޙުކުމްފުޅަކާ ދެކޮޅަށް ބަހުސް ކުރާ ހިސާބަށް މީހަކު ގޮސްފިނަމަ، އަލުން އިސްލާމްވުން ނޫން ގޮތެއް ނެތްކަމަށް އައްޝައިޚް ޝަފީޢު ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހުގެރޭ ހ.ޝީރީން ވިލާގައި ހިނގި މަރުގެ ހާދިސާއާ ގުޅިގެން ޤައުމަށް ލިބުނީ ޝޮކެކެވެ. އެ އަނިޔާވެރި މަރާމެދު ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ހަމައެއާއެކު ވަނީ މަރަށް މަރު ހިފުމާ ގުޅޭ ގޮތުން ބަހުސް ކުރެވެން ފަށާފައެވެ.
”ތި ކުރަނީ ކޮން ބޭކާރު ބަހުސެއްތޯއެވެ؟“ ޝައިޚް ޝަފީޢު ފުރަތަމަ ވެސް ކުރެއްވީ މި ސުވާލެވެ.
ޝައިޚް މިއަދު ވިދާޅުވީ މަރަށް މަރު ހިފުމުން މީހުން މެރުމުގެ ކުށް މަދުވޭތޯ އެއީ ބަހުސު ކުރާންޖެހޭ ވެސް ކަމެއްނޫން ކަމަށެވެ. އަދި މަރަށް މަރުހިފުމަކީ މަތިވެރި އިލާހުގެ އަމުރުފުޅެއްކަން އެނގުމުން މުއުމިނުންނަށް ފުދޭނެ ކަމަށާއި، ނުކިޔަމަންތެރިއެއް ނުވާނެ ކަމަށާއި، ބަހުސެއް ނުކުރާނެ ކަމަށެވެ.
އަދި މަތިވެރި އިލާހުގެ ޙުކުމްފުޅަކާ ދެކޮޅަށް ބަހުސް ކުރާ ހިސާބަށް މީހަކު ގޮސްފިނަމަ، ޝަހާދަތުގެ ދެ ކަލިމަ އަލުން ކިޔައިގެން އެ މީހަކު އެނބުރި އިސްލާމްވުން ނޫން ގޮތެއް ނެތްކަމަށް ވެސް ޝައިޚް ވިދާޅުވިއެވެ.
ތިއަބުނާސަފީއުއަށް އެގޭބާ ބަހުސެއް ކުރިބަޔަކު